ފައިސާ ޗާޕް ނުކުރާނެ ކަމަށް ބުނި ސަރުކާރުން ފައިސާ ޗާޕް ކުރަން ތައްޔާރުވެއްޖެ

ރައީސް ޑރ.މުއީއްޒު ވަނީ ފައިސާ ޗާޕް ނުކުރާނެކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.

Mar 9, 2025 - 20:45
 0  3
ފައިސާ ޗާޕް ނުކުރާނެ ކަމަށް ބުނި ސަރުކާރުން ފައިސާ ޗާޕް ކުރަން ތައްޔާރުވެއްޖެ

14.7 ބިލިއަން ރުފިޔާ ޗާޕް ކޮށް އިގްތިސާދުގެ ތެރެއަށް ނެރެން ސަރުކާރުން ތައްޔާރުވެފައިވާކަމަށް އެކި މަސްދަރު ތަކުން ހާމަކޮށްފިއެވެ. އެމްއެމްއޭ އިން ފައިސާ ނެރުމަށް ނިންމާފައިވަނީ، އެޗްޑީސީ މިލްކިއްޔާތުގައި ހުރި ބިންތަކުގެ ތެރެއިން 22 ހެކްޓަރުގެ ބިން އެމްއެމްއޭ އަށް ގަތުމުގެ މުއާމަލާތެއް ހިންގައިގެން ކަމަށް އެކި ހަބަރު ފަތުރާ ވަސީލާތް ތަކާއި ހަވާލާދީ  މައިލޫމާތު ލިބިފައިވެއެވެ. ސަރުކާރުން ހިންގާ ޒިންމާދާރުކަން ކުޑަ މާލީ ހަރަކާތްތަކުގައި މިގޮތައް އެމްއެމްއޭ ބައިވެރިވުމަކީ ނުރައްކާތެރި ކަމެއް ކަމަށް މާލީ ތަޖުރިބާކާރުން ދަނީ ވިދާޅުވަމުންނެވެ. އަދި ހަމަ އެއާއެކު އެމްއެމްއޭ އަކީ ހައުސިން މަޝްރޫއު ހިންގާބައެއްތޯ ވެސް ދަނީ ގިނަ ބަޔަކު ސުވާލު އުފައްދަމުންނެވެ.

ޑރ.މުއީއްޒު ވަނީ އެމަނިކުފާނުގެ  ސަރުކާރެއްގައި ފައިސާ ޗާޕް ނުކުރައްވާނެކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. މިކަމާ ރައްޔިތުން ދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.

What's Your Reaction?

like

dislike

love

funny

angry

sad

wow