އައްޑޫ ގެ ކަރަންޓް މައްސަލަ ހައްލުކުރުމަށް ގޮވާލާ ހުށައެޅި ކުއްލި މައްސަލަ މަޖިލިސް ތަޅުމުން ބޭރު ކޮށްލައިފި

އައްޑޫގައި ކަރަންޓް ގެ ހިދުމަތް މެދުކެނޑެމުން ދާތީ ރައްޔިތުންދަނީ އެކި ގޮތްގޮތުން ހިތްހަމަ ނުޖެހުން ފާޅުކުރަމުންނެވެ.

Mar 10, 2025 - 14:30
 0  4
އައްޑޫ  ގެ ކަރަންޓް މައްސަލަ ހައްލުކުރުމަށް ގޮވާލާ ހުށައެޅި ކުއްލި މައްސަލަ މަޖިލިސް ތަޅުމުން ބޭރު ކޮށްލައިފި

އެމްޑީޕީގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ވަނީ އައްޑޫ ސިޓީގެ ކަރަންޓް މައްސަލަ ވަގުތުން ހައްލުކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށައަޅާފައެވެ. ނަމަވެސް ހުށަހެޅި ކުއްލި މައްސަލަ މަޖިލިސް ތަޅުމުން ވަނީ ބޭރު ކޮށްލައިފައެވެ.

މައްސަލަ ހުށައަޅުއްވަމުން ނާޒިލް ވިދާޅުވެފައިވަނީ އައްޑޫ ސިޓީއަކީ މާލެ ފިޔަވައި އެންމެ ބޮޑު އާބާދީއެއް ދިރުއުޅެމުން އަންނަ ތަންނަވާއިރު ، އެ ސިޓީއަށް  ކަރަންޓްގެ ހިދުމަތް ފޯރުކޮށްދިނުމުގައި ސަރުކާރުން އިހުމާލު ވަމުންދާކަމަށެވެ.އަދި ކަރަންޓް ކެނޑުމުގެ ސަބަބުން ރައްޔިތުން ދަނީ ދަތި ތަކަކާއި ކުރިމަތިލަމުންކަމަށް ށެވެ.

މިއަދު ހުށައެޅުނު ކުއްލި މައްސަލަ ބަލައިގަތުމަށް ވޯޓް ދެއްވައިފައި ވަނީ އެމްޑީޕީގެ 10 މެންބަރުންނާއި ޕީއެންސީގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގާއި އެމްޑީއޭގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސްއެވެ.ނަމަވެސް މައްސަލަ ބަލައިނުގަނެ ބޭރުކޮށްލަން ވޯޓް ދެއްވައިފައިވަނީ ޕީއެންސީގެ 47 މެންބަރުންނެވެ.

What's Your Reaction?

like

dislike

love

funny

angry

sad

wow