ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ސަރުކާރުން ވަނީ އެތައް ކަނބަލުންގެ ގެދޮރު ގެ ހުވަފެނުގާ ހުޅުޖަހާފައެވެ.

ރާއްޖޭގެ ކެބިނެޓް އަދި ރައްޔިތުންގެ މަޖިލީހައް ބަލައިލިއަސް އަންހެނުންނަށް މި ސަރުކާރުން އިސްކަން ދީފައިވާ މިންވަރު ފެނިގެން ދެއެވެ.

Mar 8, 2025 - 20:13
Mar 9, 2025 - 17:25
 0  4
ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ސަރުކާރުން ވަނީ  އެތައް ކަނބަލުންގެ ގެދޮރު ގެ ހުވަފެނުގާ ހުޅުޖަހާފައެވެ.

އަހަރަކު އެއްފަހަރު މާޗް 8 ގައި ފާހަގަކުރާ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހަކީ ހަމައެކަނި އަގުވަޒަން ކުރުމުގެ ވަގުތުކޮޅަކަށްވުރެ މާ ބޮޑު މަޤްސަދެއްގައި ފާހަގަ ކުރާދުވަހެކެވެ. މިއީ ދުނިޔޭގެ ފެންވަރުގައި އަންހެނުންގެ ހައްގުތަކަށް ގޮވާލާ  އަދި އެކި ރޮގު ރޮގުން  އެތައް މަސައްކަތްތަަކެއް ކުރަމުން އަންނަ އަންހެނުންގެ އަގުވަޒަން ކޮށް އަންހެނުން ބާރުވެރި ކުރުވުމަށް ގޮވާލާދުވަހެކެވެ. އަދުގެ ސަރުކާރަށް ބަލާލައިފި ނަމަވެސް އަންހެނުން ބާރުވެރި ކުރުވާ މަންޒަރު ވަރަށް ސާފެވެ. މިސަރުކާރުގެ ކެބިނެޓްގައި އެންމެ ތައުލީމީ އަދި އެދާއިރާއެއްގައި ގައުމުން ބޭރުގައި ވެސް އެތައް ހިދުމަތެއް ކުރައްވާފައިވާ ކަމަނާ ވެސް މިއަދު ހުންނެވީ އެކަހެރިކޮށް ސަރުކާރުގެ އިސްތިހާރު ކުޅުމަށް މަޖުބޫރުކުރުވާފައެވެ. ރާއްޖޭގައި ވުޒާރާއެއް ހިންގާލުމުގެ ގާބިލުކަން އަންހެން ކަނބަލުންގެ ނެތްކަމަށް މިއަދުގެ ސަރުކާރުން ގަބޫލުކުރެއެވެ. ރައީސް ޑރ. މުއީއްޒު ދެން ވިދާޅުވީ ރައްޔިތުން މަޖިލީހުގައިވެސް މެންބަރުކަމަށް ހޮވަން އިސްކަން ދެއްވާނީ ކަނބަލުންނަށްކަމަށެވެ. ނަމަވެސް ޕްރައިމެރީ ނިމިގެން ދިޔައިރު ރައީސް ވިދާޅުވައިގެން އެތައް ކަނބަލުންނެއް އިންތިހާބުން ވަނީ ފެއިލް ކޮށްލާފައެވެ. ނަތީޖާއެއްގެ ގޮތުން މިއަދު މަޖިލީހުގައި ސަރުކާރު މެޖޯރިޓީ އޮތްއިރު އަންހެން މެންބަރުންގެ އަދަދަކީ 3 ކެވެ.މީ ސަރުކާރުން ދޭ އަހަންމިޔަތެވެ.

 ކަނބަލުން ބާރުވެރި ކުރުވާ ވާހަކަ ދައްކާއިރު، އަންހެނުންގެ ދުވާހާއި ކައިރިކޮށް އެތައް ކަނބަލުންގެ ބޯހިޔާވަހިކަން މިސަރުކާރުން ވަނީ ފޭރިގަންފައެވެ.އެތައް އެކެނިވެރި މައިންނާ އެތައް ކަނބަލުންނެއްގެ  އެތައް އާއިލާއެއްގެ ގެދޮރުގެ ހުވަފެނުގައި ސަރުކާރުން ވަނީ ރޯކޮށްލާފައެވެ. ސަރުކާރު މަސްލަހަތު އޮތްނަ ބަޔަކަށް ފްލެޓްތަކާއި ގޯތިތައް ދިނުމަށް އޮޅުވާލަން ހުޅުޖެހީ އެތައް ކަނބަލުންނެއްގެ ދެކެމުން އާއި އުންމީދުގައެވެ. މިއަދު ދެން ޗެނަލްތަކަށް އަރައި އަންހެނުން ބާރުވެރި ކުރުވަން މަސައްކަތް ކުރައްވަމޭ ބުންޔަސް ގަބޫލުކުރާނީ ކާކުހެއްޔެވެ. މިއަދު ތިޔަރޯކޮށްލީ އެތައް ކަނބަލުންނެއް ދެކެމުންއާ ފޮނި ހުވަފެނުގައެވެ. މާދަން އެކަނބަލުން ނިކުމެ އެތައް ކަމެއް ބަދަލު ކޮށްފާނެ ކަން ދަންނާށެވެ. ސަރުކާރު ގެންނަން މަސައްކަތް ކުރިއްޔާ ސަރުކާރު ވައްޓާލާކަށްވެސް ކަނބަލުން ފަހެއް ނުޖެހޭނެއެވެ.

What's Your Reaction?

like

dislike

love

funny

angry

sad

wow