ފޮރިން މިނިސްޓްރީގައި 100 އަށް ވުރެ ގިނަ ސިޔާސީ މުއްޒަފުން ތިބިކަމަށް މިނިސްޓާ ހަލީލް ވަނީ އެއްބަސްވެފައެވެ.

ފޮރިން މިނިސްޓްރީގައި އެކަނި ވެސް 100 އަށް ވުރެ ގިނަ ސިޔާސީ މުވައްޒަފުން ތިބިކަމަށް މިނިސްޓަރު ހަލީލް ވަނީ އިއުތިރާފް ވެވަޑައިގަންނަވާފައެވެ. 

Mar 10, 2025 - 14:45
 0  3
ފޮރިން މިނިސްޓްރީގައި 100 އަށް ވުރެ ގިނަ ސިޔާސީ މުއްޒަފުން ތިބިކަމަށް މިނިސްޓާ ހަލީލް ވަނީ އެއްބަސްވެފައެވެ.

ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ގާނޫނުގެ 41 ވަނަ މާއްދާގެ (ށ) - މި މާއްދާގެ (ހ)ގެ (1)ވަނަ ނަންބަރާއި، (4) ވަނަ ނަންބަރުގައި ބަޔާންކުރާ މުވައްޒަފުން އައްޔަންކުރަންވާނީ ފޮރިން ސަރވިސްގެ މުވައްޒަފުންގެ ޖުމްލަ އަދަދުގެ 20 އިންސައްތައަށްވުރެ ގިނަ ނުވާނެ ގޮތެއްގެ މަތިންކަން ހޯމަ ދުވަހުގެ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ވަނީ ވިދާޅުވާފައެވެ.އަދި އެ އަދަދު އިތުރުވެފައި ވާކަމަުގެ މައުލޫމާތު ލިބިފައިވާތީ ޖުމްލަ އަދަދު އޮޅުންފިލުވަން ބޭނުން ވާކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

މި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ހަލީލް ވިދާޅުވީ މިނިސްޓަރު ހަލީލު ވިދާޅުވީ ޖެނުއަރީ 2025 ގައި ހެޑް ކުއާޓަރސްގައި ތިބީ 93 ފޮރިން ސަރވިސް ސްޓާފުން ކަމަށާއި، މިޝަންތަކުގައި 46 އަދި ޖުމްލަ އަދަދަކީ 139 ކަމަށެވެ. ހަމައެތާރީހުގައި ޕޮލިޓިކަލް ސްޓާފުން ހެޑް ކުއާޓާސްގައި 28، މިޝަންތަކުގައި 104 އަދި ޖުމްލަ އަދަދަކީ 132 ކަމަށް މިނިސްޓަރު ހަލީލު ވިދާޅުވިއެވެ. އަދި ހަމަ އެއާއެކު ފޮރިން މިނިސްޓްރީގައި އެކަނި ވެސް 100 އަށް ވުރެ ގިނަ ސިޔާސީ މުވައްޒަފުން ތިބިކަމަށް މިނިސްޓަރު ހަލީލް އިއުތިރާފް ވެވަޑައިގަންނަވާފައެވެ. 

What's Your Reaction?

like

dislike

love

funny

angry

sad

wow