ރާނބާ ކޭކް ފަޖް

ރާނބާ އަކީ އޭގެ ޒާތުގައި އެތައް ފައިދާއެއް ލިއްބައިދޭ ފަތެކެވެ.ދިވެހިންގެ ބަދިގެޔާއި އެހާމެ ރަށްޓެހި ފަތެކެވެ.މިއަދު ކިޔާލަދޭން މިއުޅެނީ ރާނބާ ކޭކް ފަޖް ހަދާލާނެ ގޮތެވެ. މި ފަޖް ފަސޭހައިން ތައްޔާރުކޮށްލުމަށްޓަކައި އެޕޯލޯ ޕެންޑަން ކޭކް ނުވަތަ އަމިއްލަ އަށް ތައްޔާރު ކޮށްލާފައު ހުންނަ ރާނބާ ކޭކް ވެސް ރަނގަޅުވާނެއެވެ.
މިފަޖް ތައްޔާރުކޮށްލަން ބޭނުން ވާނެ ތަކެއްޗަކީ
3 ޖޯޑު ފުލްކްރީމް މިލްކް
2 މެޒުމަތީ ސަމްސާ ކޯންފްލާ
1 ޖޯޑު ގެރިކިރު
6 ޕެންޑަން ކޭކް
1 ކުކުޅު ބިސް
1 ސައިސަމްސާ ވެނީލާ އެސެންސް
ތައްޔާރު ކޮށްލާނެ ގޮތް:
ޕެންޑަން ކޭކް މެދުން ކަފާލާފައި ޓްރޭގައި އަތުރާލަން ތައްޔާރު ކޮށްލާފައި ހައްޓާލުމަށްފަހު އުދުންމައްޗަށް ކްރީމް ހަދަންބޭނުންވާ ތެލި އުދާލާށެވެ. ފުލްކްރީމް މިލްކްކޮޅު ތެއްޔަށް އަޅާލުމަށްފަހު ކިރުކޮޅުތެރެއަށް ބިސް ތަޅާލާށެވެ. މަޑުގިނީގައި ރަގަނޅަށް ކިރުކޮޅާއި ބިސް އެކުވެލުމުން ކޯންފްލާކޮޅު އަޅާލައި ރަނގަޅަށް އެއްކޮއްލުމަށްފަހު ގެރިކިރު އަޅައިލާށެވެ.ކޭކްގައި ވެސް ފޮނިރަހަ ހުންނާނެތީ ކްރީމް ހެދުމަށް ގެރިކިރު އަޅާނީ އެބޭފުޅަކު ފޮނިރަހަ ހެޔޮވާވަރަށްށެވެ.ކްރީމްގަނޑު ތައްޔާރުވީކަމަށް ބާލާނީ ރަނގަޅަށް އޮލަވެލީމައެވެ.ދެން އެސެންސްކޮޅު އަޅައި އެއްކޮށްލުމަށްފަހު އުދުންމަތިން ތެލި ބޭލުމަށް ފަހު ކޭކްތައް ޓްރޭގައި އަތުރަމުން ކްރީމް އަޅަމުން ދާނީ ލޭޔާކޮށްށެވެ.ގަޑިއެއްހާއިރު ފްރިޖްގައި ބެހެއްޓުމަށްފަހު ދެން ރާނބާ ކޭކް ފަޖް އެވަނީ ކެއުމަށް ތައްޔާރުވެފައެވެ.
What's Your Reaction?






