ޝާހިދު އެމްޑީޕީ އިން ބޭރުކުރަން ފައްޔާޒް ގެނާ އެޖެންޓަކީ އަމްރު ބާވައެ!

Jan 15, 2025 - 14:35
Jan 15, 2025 - 14:36
 0  8
ޝާހިދު އެމްޑީޕީ އިން ބޭރުކުރަން ފައްޔާޒް ގެނާ އެޖެންޓަކީ އަމްރު ބާވައެ!


އުބަށްޖެހުމަކީ އަޑުއަހާ ވާހަކައެކެވެ. ފަހަކައްއައިސް މިފެނިގެންދިޔައީ އުބަށް ޖެހުމުގެވެސް ލާމަސީލް މިސާލެކެވެ. އެމްޑީޕީ ރޫލާލާނެކަމަށް ބާރަށް ގޮވީ އޭރުގެ އޮޕޮސިޝަން ޕާޓީ ޕީޕީއެމް ޕީއެންސީ އެއް ނޫނެވެ. ރޫޅާލަން ގޮވީވެސް ހަމަ އެމްޑީޕީ އިން  ދަ ޑިމޮކްރެޓްސް އޭ ކިޔާ ނިކުތް ބޭފުޅުންނެވެ. އެމްޑީޕީ އަށް ދެވަނަ ދައުރެއް ނުލިބުނީ މި ބޭފުޅުންގެ ސަބަބުންކަމަށް އެމްޑީޕީގެ ގިނަ އާއްމު މެންބަރުން ގަބޫލުކުރެއެވެ. ކޮންމެއަކަސް އެއްކަލަ އެމްޑީޕީ ކަމުނުގޮސް ގެން ރޫޅާލަން ގޮވި ބައެއް ބޭފުޅުން ދާދިފަހުންވަނީ  އެމްޑީޕީ   އާއި ގުޅިފައެވެ. މިހަބަރުވެގެން ދިޔައީ މިހަފްތާގެ ހޮޓް ޓޮޕިކަށްށެވެ. އެމްޑީޕީގެ އެތައް އާއްމު މެންބަރުނެއްގެ ނުރުހުމުގައި މިބޭފުޅުން އެމްޑީޕީއަށް ގެނައި ސަބަބެއް ހަމަ އެއްގޮތަކަށްވެސް ނޭނގެއެވެ. ތުންތުން މަތިން  ކިޔާގޮތުގައި އެމްޑީޕީ އޮތީ ދެފެކަޝަން އަކަށް ބެހިފައެވެ. އެއީ ޝާހިދް ފެކްޝަން އާއި ފައްޔާޒު ފެކްޝަން އެވެ. ބައެއް މީހުން ބުނާގޮތުގައި ދަ ޑިމޮކްރެޓްސް އިން އެމްޑީޕީ އަށް އަލުން ގުޅުނު ބޭފުޅުންގެ ތެރޭގައި ޝާހިދު ބޭރުކުރުމަށް ފައްޔާޒް ގެނާ އެއްޖެންޓެއް އެބަހުއްޓެވެ.  
 މި ބުނާ އެޖެންޓަކީ ބައެއް މީހުން ބުނާގޮތުގައި   ކުރީސަރުކާރުގެ އިސްމަގާމެއްގައި ހުރެ ސަރުކާރަށް ސަނާކިޔުމަށްފަހު އިންތިހާބު ބޯމަތިގައި ވަނިކޮށް ބޮޑާހާކާ ޕާޓީ ތެރޭ ގަނޑުބަޑު ހެދުމަށްފަހު ނިކުމެގެން ގޮސް މާ މޮޅު ޕާޓީއެއް އުފައްދަން އެންމެ އިސްކޮށް އުޅުއްވި އެއްބޭފުޅެކެވެ. ސަރުކާރުގައި ހުރެ ނެގިހާ ކަޓެއް ދީގެން އެ ޕާޓީގެ ރަނިންމޭޓުކަންވެސް މި ބޭފުޅާއަށް  ލިބުނެވެ. ޕޯޑިއަމްތަކަށް އަރާ އެމްޑީޕީގެ ސަރުކާރު ބަދަލްކުރަން ޖެހޭކަމަށް އެންމެ ބާރަށް ވެސް ވާހަކަ ދެއްކެވީ މި ބުނާ ބޭފުޅާއެވެ.ގިނަ ބަޔަކު ބުނާގޮތުން ވިއްޔާ  މި ބޭފުޅާއަކީ މިދިޔަ ސަރުކާރުގައި އެސްޓީއޯގެ ސީއީއޯ އަކަށް ހުންނެވި އަމްރު އެވެ. ކޮންމެއަކަސް މި ވާހަކަ ތަކުގެ ވެސް ކޮންމެވެސް ހަގީގަތެއް ވާނެތާއެވެ. އެބަޔަކާ ނުލާ ޕާޓީ ހިންގިދާނެކަމަށް އެންމެ ބާރަށް ވިދާޅުވީވެސް ހަމަ ފައްޔާޒް އެވެ. މިއަދު އެކަމަކު ފެންނަނީ ޕާޓީގެ އެތައް މެންބަރުންނަކާ ދެކޮޅަށް އަމްރު މެން ކަހަލަ ބޭފުޅުން އެމްޑީޕީ އަށް ގެންނަމުން ދާ މަންޒަރެވެ. އެމްޑީޕީ ގެ ބައެއް މެންބަރުން ފަރާތުން އިނގިފައިވާ ގޮތުގައި  މީ ފައްޔާޒް ފެކްޝަނުން ޝާހިދު އާއި އިބޫ ބޭރުކުރަން އެއްބަސްވެގެން ޕާޓީ އާ ގުޅުނު ބޭފުޅުންނެވެ. މި ބޭފުޅުންގެ ތެރެއިން އަމްރު އަށް ފައްޔާޒްގެ ރަނިންމޭޓްކަން ވެސް ވަނީ ހުށައަޅާފާކަމަށްވެސް  މައުލުމާތު ލިބެއެވެ. މީ ވާހަކަ ތަކަކީ ހުދު އެމްޑީޕީގެ މެންބަރުން ދައްކަމުން އަންނަ ވާހަކަ ތަކެކެވެ.
ދެން ރައްޔިތުން ހިތުގަ މިއަދު އުފެދޭ ސުވާލަކަށް ވެފައިވަނީ  އެމްޑީޕީން ކުރަން މިއުޅެނީ ކޮން މަސައްކަތެއް ތޯއެވެ. ސަރުކާރު ޖަވާބު ދަރީ ކުރުވަންތޯ ނޫނީ ގޮޑިކޮށްކޮ  ކުޅެންތޯއެވެ. ފެނިގެންދަނީ އެމްޑީޕީ ހަމަ ރަގަނޅަށްވެސް ރޫޅާލަން އުޅޭ މަންޒަރެވެ.

What's Your Reaction?

like

dislike

love

funny

angry

sad

wow