ރޯދަމަސް ބޯމަތިވީ އިރު މިފްކޯ މަސްފިހާރައިގައި ވިއްކާނެ މަހުގެ ބާވަތެއް ނެތް

Feb 11, 2025 - 13:44
 0  4
ރޯދަމަސް ބޯމަތިވީ އިރު މިފްކޯ މަސްފިހާރައިގައި  ވިއްކާނެ މަހުގެ ބާވަތެއް ނެތް

މިފްކޯ މަސް ފިހާރައަކީ މީގެ ކުރިން ހުސްނުކޮށް މަހުގެ އެކި ބާވަތްތައް ވިއްކަން ލިބެންހުންނަ ތަނެކެވެ. އެގޮތުން ރިހާކުރު، ޓޫނާ ޖާކްސް އަދި އެކި އެކި ގޮތްގޮތައް ތައްޔާރުކޮށްފައި ހުންނަ މަހުގެ ބާވަތްތަކަކީ އަބަދުވެސް ލިބެން ހުންނަ އެއްޗެކެވެ.ނަމަވެސް މިހާރު މާލޭގެ މިފްކޯ މަސް ފިހާރައަށް ގޮސްފިނަމަ ހަމަ އެކަނި ފެންނާނީ މަސްދަޅު ކޮޅަކާއި ޑިފްރީޒާއަށް ލާފައި ހުރި ކުކުޅެވެ. ފިހާރައިގެ މުއައްޒަފެއް ގާތު އަހާލުމުން ބުނީ މަހުގެ ބާވަތްތައް ގެނެވޭނެ އަދި އަދި ގެންނާނެ ދުވަހެއްވެސް ނޭގޭކަމަށެވެ. ރޯދަ މަހާއި ހަމަ އަށްވެސް ލިބޭނެ ކަމެއް ނޭގޭ ކަމަށެވެ. 

 ސުވާލަކީ ރާއްޖޭގެ އެންމެ ބޮޑު މަސްކުންފުނީގެ ފިހާރަ ހުސްކޮށް ހުންނަން ޖެހޭ ސަބަބަކީ ކޮބާހެއްޔެވެ. ރާއްޖޭގެ މަސްވެރިކަން ދަށީ ބާވައެވެ. ނުވަތަ މަސްވެރިންނަށް ދޭންޖެހޭ ލާރި ނުދޭތީ މަސްވެރިން މަސް ނުކިރަނީ ބާވައެވެ.

ނަމަވެސް މިއަދުވެސް ފިޝަރީސް މިނިސްޓަރު ޝީޔާމް މަޖިލީހަށް ހާޒިރު ކުރުވުމުން މެންބަރެއްގެ ސުވާލަށް ޖަވާބު ދެއްވަމުން ވިދާޅުވެފައި ވަނީ މިއަހަރުވެގެން ދާނީ މަސްވެރިން މަސްކިރުމަށް  ކިއުގައި ޖެހެންހެހޭ އެންމެ ފަހު އަހަރުކަމަށެވެ.އަދި ހަމަ އެއާއެކު ޝިޔާމް ވިދާޅުވެފާވަނީ މިދިޔަ ދެ އަހަރަށްވުރެވެސް މިއަހަރު މަސްވެރިކަން ރަނގަޅު ކަމަށެވެ. އަދި މިފްކޯގެ ކެޕޭސިޓީއަކީ ދުވާލެއްގެ މައްޗަށް 420 ޓަނު ކަމަށްވާއިރު, މި ދުވަސްވަރު މަސްވެރިކަން ރަނގަޅު ވުމުން ފުލް ކެޕޭސިޓީއަށް މިފްކޯއިން މަސް ގަންނަމުންދާ ކަމަށާއި, 450 ޓަނު ނަގަން ޖެހޭ ދުވަސް ދުވަސްވެސް ދާކަމަށެވެ. މަސްވެރިކަން ރަނގަޅު، މަސްކިރުންވެސް ރަނގަޅު، ދެން ގޯހީ ކޮންކަމެއް ކަމެއް އެއްގޮތަކަށްވެސް ރައްޔިތުންނަށް އޮޅުމެއް ނުފިލައެވެ.

What's Your Reaction?

like

dislike

love

funny

angry

sad

wow