އަންހެނުންގެ ދުވަހު ހިޔާލު ފާޅުކުރަން ނިކުތް އަންހެނުންނަށް ފުލުހުން ކުރީ އަނިޔާ
ހޮނިހިރު ދުވަހުގެ ރޭ ބޭއްވުނު އެއްވުމުގައި ފުލުހުން ވަނީ އަންހެން ކަނބަލުންނަށް އެކި ވަރުގެ އަނިޔާ ކޮށްފައެވެ.

އެމްޑީޕީ އިން ހޮނިހިރު ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ އިހުތިޖާޖުގައި ފުލުހުން ވަނީ ބާރުގެ ބޭނުންކޮށްފައެވެ. އެގޮތުން މުޒާހާރާގެ ބައިވެރިން ގެ ދެފަރާތުން ބެރިކޭޑު ޖެހުމަށްފަހު އާއްމުންގެ ސަފުތައް ފަހަތަށް ޖެއްސުމަށް މަސައްކަތް ކުރި އިރު ހަރުކަށިކަން އިސްކޮށް ބައެއް އަންހެން ކަނބަލުން ގެ ގައިގައި ފިރިހެން ފުލުހުންވެސް ހިފަހައްޓައި ކޮށްޕާ ފަހަތަން ޖައްސަން ވަނީ މަސައްކަތްކޮށްފައެވެ. އަދި މީގެ ސަބަބުން ބައެއް އަންހެން ބައިވެރިނަށް ވަނީ އެކި ވަރުގެ އަނިޔާތަށް ލިބިފައެވެ.
މުޒާހަރާގައި ބެރިކޭޑް ކައިރީގައި އާއްމުން ހުއްޓިލައިގެން ސުލްހަވެރިކަމާއި އެކު އަޑު އުފުލަމުން ދިޔަ އިރު، ކުރީ ސަފުގައި ގިނަ އަންހެނުން ތިއްބެވިއެވެ. މުޒާހަރާގެ ބައެއް ބައިވެރިން މަޖީދީމަގަށް ނިކުންނަން މަސައްކަތް ކުރުމުން އިންޒާރަކާ ނުލައި ފުލުހުން ވަނީ ޕެޕާ ސްޕްރޭ ޖަހާފައެވެ.އަދި އޭގެ އަސަރުވެސް ބޮޑަށް ކުރީ އަންހެން ބައިވެރިންނަށް ށެވެ.
What's Your Reaction?






