އޭސީސީ އާއި ސުޕްރިމްކޯޓްގެ ތަޅާފޮޅުން

Mar 10, 2025 - 18:50
Mar 10, 2025 - 18:51
 0  2
އޭސީސީ އާއި ސުޕްރިމްކޯޓްގެ ތަޅާފޮޅުން

 ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑު ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް އާދަމް ޝާމިލްކޮށް ސޮއިކޮށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ފޮނުވި ސިޓީއާ ގުޅިގެން ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތުކޮށް އޭނާއާ ދެކޮޅަށް ޖިނާއީ ތަހުގީގެއް ހިންގުމަށް އޭސީސީއަށް ހުށަހަޅައިފި އެވެ.

އޭސީސީގެ ރައީސް އާދަމް ޝާމިލް  ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރެއްގެ ޖިނާއީ މައްސަލައެއް ބަލަމުންދާ ކަމަށް ވިދާޅުވެފައިވަނީ   މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށްގެން ދޮގު މައުލޫމާތު ހިމަނައިގެން ކަމަށް ބުނެ ޑރ. އަޒްމިރަލްދާ ވަނީ މައްސަލަ އެސީސީ އަށް ހުށައަޅާފައެވެ. އޭސީސީން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ މިދިޔަ މަހު 26 ގައި ވަނީ ތިން ފަޑިޔާރުން ކަމަށްވާ  އަޒްމިރަލްދާގެ އިތުރުން ފަނޑިޔާރު މަހާޒު އަލީ ޒާހިރު އަދި  ހުސްނު ސޫދު ސަސްޕެންޑްކޮށްފައެވެ. ނަމަވެސް ހުސްނު ސޫދު ވަނީ އިސްތިއުފާ ދެއްވާފައެވެ. ނަމަވެސް، ފަނޑިޔާރުންނާ ގުޅޭގޮތުން އޭސީސީން ބަލަނީ ކޮން މައްސަލައެއް ކަމެއް މިހާތަނަކަށް ނުބުނެ އެވެ. އަޒްމިރަލްދާ ތުހުމަތުކުރެއްވި ގޮތުގައި ޝާމިލް މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށްގެން ފޮނުވި ސިޓީއަކީ، ސުޕްރީމް ކޯޓުގައި ތާވަލްކޮށްފައި އޮތް ޝަރީއަތެއް ހުއްޓާލައި ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވުމަށް ގާނޫނުއަސާސީއާ ހިލާފަށް ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވަން ކޮށްފައިވާ ކަމެއްކަމަށެވެ.

What's Your Reaction?

like

dislike

love

funny

angry

sad

wow