މިނިސްޓަރުކަމުން ފައިސަލް ވަކި ކޮށްފި

ޓުއަރިސަމް މިނިސްޓާ ގެ މަގާމުން ފައިސަލް ވަކި ކޮށްފައިވާަކަން ރައީސް އޮފީހުން ވަނީ ކަށަވަރު ކޮށްދީފައެވެ.

Jan 28, 2025 - 13:51
 0  4
މިނިސްޓަރުކަމުން ފައިސަލް ވަކި ކޮށްފި

ރައީސް އޮފީހުން މިއަދު ހާމަ ކުރިގޮތުގައި ޓޫރިޒަމް މިނިސްޓަރުގެ މަގާމުން ފައިސަލް ވަކިކުރައްވާފައި ވާކަމަށެވެ. އަދި އެ މިނިސްޓްރީގެ ހިންގުން ވަގުތީ ގޮތުން  އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުއާ ހަވާލު ކޮށްފައިވާ ކަމަށް  ރައީސް އޮފީހުން ބުންޏެވެ.ނަމަވެސް ވަކި ކުރެއްވި ސަބަބެއް ހާމައެއް ނުކުރައްވައެވެ.

ސަރުކާރުގެ މި ނިންމުމާއި ގުޅިގެން ފައިސަލް ވިދާޅުވެފައިވަނީ ވަކިކުރި ސަބަބު ނޭނގޭ ކަމަށާއި، ދެން ނިކުންނަވާނީ ސިޔާސީ ގޮތުން މާ ވަރުގަދަ ކޮށްކަމަށެވެ. އަދި ހަމަ އެއާއެކު ފައިސަލް މަގާމްގައި ހުންނަވައިގެން ވައްކަން ކޮށްފައި ނުވާނެ ކަމުގެ ޔަގީންކަން އޮތްކަމަށް ފައިސަލް ގެ ބައްޕާފުޅު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ބައެއް ނޫސްތަކަށް  އިންޓަވިއު ދެއްވާ ވިދާޅުވެފައިވެއެވެ.

ސަރުކާރުގެ މި ނިންމުމާއި ގުޅިގެން ރާއިސުލް ޖުމްހޫރިއްޔާ ޑރ. މުއީއްޒު އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ގެ ސިޔާސީ ގުޅުން ހީނަރުވެފައިވާ ކަމުގެ ވާހަކަ ތަކެއް ދަނީ  ސޯޝަލް މީޑިޔާގައި ފެތުރެމުންނެވެ.

What's Your Reaction?

like

dislike

love

funny

angry

sad

wow