ކަންކަން ކުރައްވަނީ ކުއްލިއަކަށް ނޫންކަމަށާއި،ކަންކަން ކޮށްދެއްވާނެކަމަށް ވިދާޅުވަނީ ޕްލޭން ކޮށްގެންކަމަށް ރައީސް ވިދާޅުވެއްޖެ

ރައީސް، ހއ. އަތޮޅުގެ ރަށްތަކަށް މިހާރުގެންދަވަނީ ރަސްމީ ދަތުރުފުޅު ތަކެއް ކުރައްވަމުންނެވެ.

Jan 28, 2025 - 15:18
 0  6
ކަންކަން ކުރައްވަނީ ކުއްލިއަކަށް ނޫންކަމަށާއި،ކަންކަން ކޮށްދެއްވާނެކަމަށް ވިދާޅުވަނީ ޕްލޭން ކޮށްގެންކަމަށް  ރައީސް ވިދާޅުވެއްޖެ

ރައީސް، ހއ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި  އެ އަތޮޅު މުރައިދުއަށް ވަޑައިގެން، އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައިވަނީ ، އެމަނިކުފާނު ރަށްރަށަށް ކުރައްވާ ދަތުރުފުޅުގެ މަގުސަދަކީ ރަށްރަށުގައި ހިންގަވަން ނިންމާފައި އަދި ވައުދުވެ ވަޑައިގެންފައިވާ މަޝްރޫއު ތަކާއި ބޭހޭގޮތުން އިތުރަށް ރައްޔިތުންނާއި މަޝްވަރާ ކުރައްވަން ކަމަށެވެ.އަދި ހަމަ އެއާއެކު އެމަނިކުފާނު ރަށްރަށަށް ވަޑައިގަތުމުން ކުދިބޮޑު އެންމެހާ ފަރާތްތަކުން އެދިލައްވާ ކަންކަމަށް ވައުދުވެ ވަޑައިގެން ކަންކަން ކުރައްވަން ނިންމަވަނީ ޕްލޭންއެއްގެ ދަށުންކަމަށެވެ. އެކަންކަމަކީ ކުއްލި ކުއްލިއަށް ނިންމަވާ ކަންކަން ނޫންކަމަށެވެ.

މިދިޔަ ސަރުކާރުން ހިންގަން ފަށާފައިވާ ގިން ކަންކަން ހުއްޓިފައިހުރީ ކޮންޓްރެކްޓަރުންނަށް ފައިސާ ނުދެއްކުމުގެ ސަބަބުންނެވެ. އަދި މިސަރުކާރުން ދަނީ އެމައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރަމުންކަމަށެވެ.

What's Your Reaction?

like

dislike

love

funny

angry

sad

wow