ގައުމީ ގުރުއާން މުބާރާތައް ދައުލަތު ބަޖެޓުން ހަރަދުކުރައްވަން ރައީސް ނިންމަވައިފި

Jan 30, 2025 - 00:22
 0  11
ގައުމީ ގުރުއާން މުބާރާތައް ދައުލަތު ބަޖެޓުން ހަރަދުކުރައްވަން ރައީސް ނިންމަވައިފި

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައި ވަނީ ، ގައުމީ ގުރުއާން މުބާރާތަށް ރައީސް ޑރ. މުއިއްޒު ދެއްވާ ގައުމީ އަހަމިއްޔަތަށްޓަކައި މި އަހަރުން ފެށިގެން ސީދާ ދައުލަތުގެ ބަޖެޓުން ގައުމީ މުބާރާތް ހިންގުމަށް ނިންމަވައި، މި އަހަރުގެ ބަޖެޓުގައި އެ މަނިކުފާނު އެކަން ހިމަނުއްވާފައިވާ ކަމަށެވެ.

ރައީސް ވަނީ އެންމެ ފަހުން ބޭއްވުނު ގައުމީ ގުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރެއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވާ ވިދާޅުވެފައިވަނީ ގައުމީ ގުރުއާން މުބާރާތް ކުރިއަށް އޮތްތާގައި ވެގެން ދާނީ ރާއްޖޭގައި ބޭއްވޭ އެންމެ އަގު ބޮޑު މުބާރާތައް ކަމަށެވެ.

What's Your Reaction?

like

dislike

love

funny

angry

sad

wow