ފުލުހުންނަށް ފަޒުލް ގެއިން ފެނުނު ފައިސާ އަނބުރާ ހަވާލުކޮށްފި
ފުލުހުން ފަޒުލް ގެ ބަލާ ފާސްކުރިއިރު 1.4 މިލިއަން ރުފިޔާވަނީ ފެނިފައެވެ.

އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދުގެ އެޕާޓްމަންޓް ބަލާފާސްކުރި އިރު ފުލުހުންނަށް ފެނުނު 1.4 މިލިއަން ރުފިޔާ އޭގެ ވެރިފަރާތާ ހަވާލުކޮށްފިއެވެ. މިކަމާއި ގުޅިގެން ފުލުހުން މިއަދު ވަނީ ބަޔާނެއް ނެރެފައެވެ. ބަޔާނުގައި ވާގޮތުން ފައިސާއާ ގުޅޭގޮތުން ބަލަންހުރިކަންކަން ބެލުމަށްފަހު މިހާރުވަނީ އެ ފައިސާ އޭގެ ވެރިފަރާތާއި ހަވާލުކޮށްފައެވެ.ފައިސާއަށް ދަޢުވާކޮށް ކުރިއަށް ނެރެފައިވަނީ "ރިލެކްސް ފެރީ ސަރވިސް" އިން ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި ރިލެކްސް ސާވިސް އިން ބުނެފައި ވާގޮތުން އެ ފައިސާ އަކީ ލޯންޗެއް ބަނުމަށް ފަޒުލްގެ ކުންފުންޏަށް ދީފައިވާ ފައިސާކަމަށެވެ.
What's Your Reaction?






