އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުފުޅުތައް ފަސް އަހަރުގެ ތެރޭގައި ފުއްދަވާނެ - ރައްޔިތުންގެ މަޖިލީހުގެ ށ.މިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު ހަސަން މުފީދު.

އިންތިހާބީ ރައީސް އައް ވަރަށްބޮޑައް ތައުރީފުކުރައްވަމުން ވިދާޅުވީ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި، 65،000 ހައުސިން ޔުނިޓު އަޅުއްވަން މުޢިއްޒު ވަޢުދުވެވަޑައިގެންނެވީ ވަރަށް މާތް މަޤްޞަދެއްގައި ކަމަށް ވިދާޅުވެ، ެއެކަމަށް ވެސް މުފީދު ތަޢުރީފު ކުރެއްވިއެވެ.

Nov 7, 2023 - 00:52
 0  13
އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުފުޅުތައް ފަސް އަހަރުގެ ތެރޭގައި ފުއްދަވާނެ -  ރައްޔިތުންގެ މަޖިލީހުގެ ށ.މިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު ހަސަން މުފީދު.

ސަންގު ޓީވީގެ "2023ގެ ރައީސް" ޓޯކް ޝޯގައި ވާހަކަ ދައްކަވަމުން ހަސަން މުފީދު ވިދާޅުވީ، ބޯހިޔާވަހިކަމާއި މަސްވެރިކަމުގެ ދާއިރާއަށް ބެލި ކަމުގައި ވިޔަސް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ވެވަޑައިގެންނެވި ވަޢުދުތައް ތަންފީޒު ވެގެން ދިޔަ ތަން، މި ފަސް އަހަރުގެ ތެރޭގައި ރައްޔިތުންނަށް ފެނިފައި ނެތް ކަމަށެވެ.އަދި މުފީދު ވަނީ ރައީސް ސޯލިހުއަށާ ސަރުކާރަށް ވަރަށްބޮޑައް ފާޑުވިދާޅުވެފައެވެ. އިންތިހާބީ ރައީސް އައް ވަރަށްބޮޑައް ތައުރީފުކުރައްވަމުން ވިދާޅުވީ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި، 65،000 ހައުސިން ޔުނިޓު އަޅުއްވަން މުޢިއްޒު ވަޢުދުވެވަޑައިގެންނެވީ ވަރަށް މާތް މަޤްޞަދެއްގައި ކަމަށް ވިދާޅުވެ، ެއެކަމަށް ވެސް މުފީދު ތަޢުރީފު ކުރެއްވިއެވެ. ކުރިއައް އޮތް 2024 ގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައިވެސް ވާދަކުރުމަށް މުފީދު އަންނަނީ ތައްޔާރުވަމުންނެވެ.

What's Your Reaction?

like

dislike

love

funny

angry

sad

wow