ޢައުރަ ނިވާ ނުކުރާ އުޚްތާ ސުވަރުގެ ނުވަންނަތާ ސުވަރުގޭގެ ވަސްވެސް ނުލިބޭނެއެވެ." آدم نصير المالديفي
آدم نصير المالديفي
މިލިއުމުގައި މި ހިއްސާކޮށްލަނީ آدم نصير المالديفي ފޭސްބުކްގައި ލިޔެފައިވާ މުހިންމު މައުލޫމާތުކޮޅެކެވެ.
އަޅުގަނޑުގެ މި ލިޔުން ކޮޅު މި ލަނީ މިހާރަކަށް އައިސް އަޅުގަނޑުމެންގެ ރާއްޖޭގައި އުޅެމުންދާ ބައެއް އުޙުތުންގެ ނޭދެވޭ ބައެއް ޢަމަލުތައް ހުންނަ ގޮތުން ކުޑަ ނަމަވެސް އިސްލާޙެއް އަންނާނެކަމުގެ އުންމީދުގައެވެ.
އެންމެ އާންމުކޮށް ޢުޙްތުންވެސް ދަންނަ ރަސޫލުﷲ ސއވ،ގެ ޙަދީޘް ފުޅު ފުރަތަމަ ފާހަގަކޮށްލާނަމެވެ. އެކަލޭގެފާނުގެ ޙަދީޘް ކުރެއްވިއެވެ. "ނަރަކަ ވަންތަވެރިންގެ ތެރެއިން ދެބާވަތެއްގެ ބަޔަކުވެއެވެ. ތިމަންކަލޭގެފާނުގެ އެދެބާވަތުގެ ބަޔަކު ދުވަހަކުވެސް ދެކެވަޑައެއް ނުގަންނަވަމެވެ. އެއްބަޔަކީ ގެރީގެ ނިގޫ ތަކެއްގެ ޗާބޫކުތަކެއް އެބައިމީހުން އަތުގައިވާ ބައެކެވެ. އެ ޗާބޫކު ތަކުން އެބައިމީހުން މީސްތަކުންގެ ގައިގައި ތަޅާ ހަދާނެއެވެ. އަދި އަނެއް ބަޔަކީ ފޭރާންލައިގެން އޮރިޔާމުން ތިބޭ އަންހެނުން ތަކެކެވެ. އެބަހީ ހަށިގަނޑުން ބައެއް ފޮރުވިފައި އަދި އަނެއްބައި ހާމަވާ ގޮތަށް ނުވަތަ ތުނިކަމުންގޮސް ހަށިގަނޑުގެ ކުލަ ފެންނަ ފަދަަ ނުވަތަ ބާރު ކަމުން ގޮސް ހަށިގަނޑުގެ ވަނާތައް ފާޅުވާ ގޮތައް ހެދުންލައިގެން އުޅޭ އަންހެނުންއެވެ. އަދި އެކަނބަލުން މީސްތަކުންގެ މައްޗަށް ލެނބިގެން ތިބޭ ޙާލު އެހެން މީހުންވެސް އެ ކަނބަލުންގެ މައްޗަށް ލެންބުމައް މަސައްކަތް ކުރާނެއެވެ. އެކަބަލުންގެ ބޮލުގެ އިސްތަށިގަނޑު ވަނީ ލެނބިފައިވާ ޖަމަލުގެ ގޮންގަނޑުތައް ފަދައިންނެވެ. އެ ކަނބަލުންނީ ސުވަރުގެ ވަންނާނޭ ބައެއް ނޫނެވެ. އަދި ކިއެއްހެއްޔެވެ' އެކަބަލުންނީ ސުވަރުގޭގެ ވަސްވެސް ދެކޭނޭ ބައެއް ނޫނެވެ.. ފަހެ ހަމަކަށަވަރުން އެވެނި މިވެނި ދުރު މިނަކަށް ސުވަރުގޭގެ މީރުވަސް ހުންނާނެއެވެ."
ވީއިރު ވިސްނާލާށެވެ. ޖަމަލުގެ ގޮންގަނޑު ތައް ފަދައިން އޭ ބުނެވެނީ ބުރުގާ އަޅައިގެންނަމަވެސް އިސްތަށިގަނޑުގެ ބޮޑުކަން އެނގޭ ގޮތަށް ހުޅިޖަހައިގެން އުޅޭ ކަނބަލުންގެ ވާހަކަ އެވެ.
އެއައް ފަހު ކީރިތި ޤުރުއާނުގައި ﷲ ސުބުހާނަހޫ ވަތަޢާލާ ތިޔަކަނބަލުން ބޭރައް ނިކުމެ އުޅޭއުޅުމުގައި ރައްކަލަކައްޓަށާއި އަދި ޒީނަތްތެރި ވާނަމަ މިސާލަކަށް ގަހަނާ އާއި ތަނޑި އާއި ކަންފަތުގައިލާ ތަކެއްޗާއި މިފަދަ ތަކެތި އަޅާ ނަމަ އެތަކި ފާޅުވާ ގޮތައް އަޅާއިގެން ނޫޅުމައް އެންގެވުމުގެ ގޮތުން ﷲ ސުބުހާނަހޫ ވަތަޢާލާ ސޫރަަތުލް ނޫރްގެ 31 އާޔަތުގައި އަންގަވާފައި ވަނީ" އަދި މުޢުމިނު އެކަނބަލުން ބެލުންތައް ތިރިކުރުމަށާއި، އަދި އެކަނބަލުންގެ فرخ(ލަދުވެތިގުނަވަން) ތައް ރައްކާތެރިކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ. އަދި އެކަނބަލުންގެ ފާޅުވެގެންވާތަން ފިޔަވައި (އެބަޙީ މޫނާއި ދެއަތްތިލަ ފިޔަވައި) އެ ކަނބަލުންގެ ޒީނަތް ފާޅުނުކުރާ ހުށިކަމެވެ!. އަދި އެކަނބަލުންގެ ބުރުގާ ތައް ، އެކަނބަލުންގެ ކަރުވަޅުތަކުގައި އަޅައިނިވައިކުރާހުށިކަމެވެ!. އަދި އެކަނބަލުންގެ ފިރިންނަށް ، ނުވަތަ އެކަނބަލުންގެ ބަފައިންނަށް، ނުވަތަ އެކަނބަލުންގެ ފިރިންގެ ބަފައިންނަށް، ނުވަތަ އެކަނބަލުންގެ ފިރިހެން ދަރީންނަށް ، ނުވަތަ އެކަނބަލުންގެ ފިރިންގެ ފިރިހެން ދަރީންނަށް، ނުވަތަ އެކަނބަލުންގެ އަޚުންނަށް ، ނުވަތަ އެކަނބަލުންގެ އަޚުންގެ ފިރިހެން ދަރީންނަށް، ނުވަތަ އުޚުތުންގެ ފިރިހެން ދަރީންނަށް، ނުވަތަ އެކަނބަލުންގެ ތެރެއިންވާ އަންހެނުންނަށް، ނުވަތަ އެކަނބަލުންނަށް މިލްކުވެގެންވާ އަޅުންނަށް، ނުވަތަ ފިހެެނުންގެތެރިން އެދުންވެރިކަމެއް ނުހިނގާ ގެންގުޅޭ މީހުންނަށް، ނުވަތަ އަންހެނުންގެ ޢައުރަ ތައް ނޭނގޭވަރުގެ ކުޑަ ކުއްޖާއަށް މެނުވީ، އެކަނބަލުންގެ ޒީނަތް ފާޅުނުކުރާ ހުށިކަމެވެ! އަދި އެކަނބަލުންގެ (ގަހަނާއާއި) ޒީނަތުގެ ތެރެއިން، ވަންހަނާވެފައިވާ ތަކެތި އެންގުމަށްޓަކައި، ފައިތިލަކަނުން (ބިމުގައި) އެކަނބަލުން ނުތަޅާހުރިކަމެވެ!. އޭ މުޢުމިނުންނޭވެ! ތިޔަބައިމީހުން އެންމެން ﷲ އަށް ތަޢުބާ ވާށެވެ!. އެއީ ތިޔަބައިމީހުން ދަންނަވައި ނަޞީބު ލިބުމައްޓަކަައެވެ."
*މިހާރަކަށް އައިސް ވަރަށް ގިނަ ޢުޙްތުންގެ ހެދުން އަޅާއިރު ޖިންސުގެ ދަށަށް ހެދުން ޖަހާ ބެގީ ކުރުމާއި ޖިންސުގެ ފަހަތު ޖީބަށް ފޯނު ލައިގެން އުޅޭކަން ފާހަގަ ވެއެވެ. އެގޮތަށް ހެދުންލައި ފަހަތު ޖީބަށް ފޯނު ޖަހާފަ އެހުންނަ ހުރުމުން ކިތަށް މީހުންގެ ލޯތަކުގައި އަޅަގަންނާނެތޯއެވެ.
ކުޑަކުދިންގެ އަށް ޖިންސީ ގޯނާ ކުރާ މިހާގިނަ ވެފައިވާ ޒަމާނުގައި 14އަހަރު 15އަހަރުވަރުގެ ކުދިންވެސް މިދެންނެވި ގޮތައް ފާހަގަވެއެވެ. ދޫ ބޮޑު އެދުމެއް ލީކަމަކު އެ ޢުޙްތަކުގެ ޢައުރަ ފުރިހަމަ ނުވާކަން ފުރަތަމަ ފާހަގަ ކުރެވުނު ހަދީޘް އިން އެނގިގެން ދެއެވެ.
ދެވަނަ އަށް ފާހަގަ ކުރެވުނު ކީރިތި ޤުރުއާނުގެ ނޫރު ސޫރަތުން ކުޑަމިނުން މޫނާއި ދެއަތްތިލަ ފިޔަވައި ހުރިހައި ތަނެއް 'އެބަހީ އިސްޓާކީނި' އަށް ވެސް އަރަގެން ނޫންގޮތުގައި އެެ ޢުޚްތެއްގެ ޢައުރަ ފުރިހަމަ ނުވާކަން އެނގޭއިރު މިދެންނެވި ގޮތައް ހެދުން އަޅާ ނިކުމެ އުޅުން ހުއްދަ ވާނީ ކިހިނެއް ތޯ އެވެ.
މި މައުލޫއަކީ ވަރަށް ވެސް ފުޅާ ދިގު މައުލޫއެކެވެ. އެއީ ﷲ ސުބުހާނަހޫ ވަތަޢާލާގެ ވަޚީ ބަސްފުޅު ތަކާއި އެހާމެ ގިނަ ހަދީޘް ފުޅު ތައް މި މަޢުލޫއާއި ގުޅގޭގޮތުން ވާރިދުވެފައިވާތީއެވެ. އެހެން ކަމުން ލިޔުން ދިގު ނުކޮށް ނިންމާލަމުން ހަނދުމަ ކޮއްދެމެ "ޢައުރަ ނިވާ ނުކުރާ އުޚްތާ ސުވަރުގެ ނުވަންނަތާ ސުވަރުގޭގެ ވަސްވެސް ނުލިބޭނެއެވެ."
آدم نصير المالديفي
What's Your Reaction?