ދިވެހި ރާއްޖެއަކީ ޒަމާނުއްސުރެއް ބޭރުގެ ކަޅި ހުއްޓިފާ އޮތް ގައުމެއް
ދިވެހި ރާއްޖެއަކީ ޒަމާނުއްސުރެއް ބޭރުގެ ކަޅި ހުއްޓިފާ އޮތް ގައުމެކެވެ.ދުނިޔޭގެ ކޮންމެ ބާރަކުން ވެސް މަށަށް މަށަށް ގޮވަން ތިބި ކަހަލައެވެ.އެގޮތުން ރާއްޖެވަނީ އެތަށް ފަހަރެއްގެ މަތިން އެތަށް ބައެއްގެ އަޅުވެތިކަމުގެ ދަށަށް ގޮއްސައެވެ.ނަމަވެސް ދިވެހިންވަނީ މިފަދަ ކޮންމެ ބަޔަކު މިރާއްޖެއިން ފޮޅާއި ފައްސާލާފައެވެ.އެދުވަހު އެވެރިންގެ ދަހިވެތިކަން ރާއްޖެއާ މެދު އޮތީ ސިލްކުވޭ ރޫޓްގެ ސަބަބުން ދަތުރު ފަތުރާއި ވިޔަފާރީގެ ބޭނުމުގައިއެވެ.މިއަދު އެވެރިންގެ ދަހިވެތިކަން އޮތީ ދިވެހި ރައްޔިތުން އަމިއްލަ މަސައްކަތުން ކޮޅަށް ޖާހާ ނެގި ފަތުވެރިކަމުގެ ދާއިރާ އަށްށެވެ. އެބައިމީހުންގެ ހިތާމައަކީ މަލާބާރިންނާއި ޕޯޗުގީޒުން އެރިގޮތަށް މިއަދު ރާއްޖެއަށް އަރާ ރާއްޖެ ހިފެންނެތުމުންނެވެ.ގައުމެއް އަޅުވެތި ކުރެވެން އަންނަނީ ހަމަ އެކަނި ކަނޑި ބަޑިއަކުން ނޫންކަން މީ ދުނިޔެ ދަންނަ ހަގީގަތެކެވެ.
ދިވެހި ރާއްޖެއިން ފުށާއި ފިޔާ ފަދަ ދިވެހިން އާންމުކޮށް ކެއިން ބުއިމުގައި ބޭނުކުރާ ތަކެތި ރާއްޖެއަށް އެތެރެކުރާ ކަމީ ވެސް ހަގީގަތެކެވެ.އެހެނެއް ކަމަކު މިތަކެތި އެތެރެ ކުރަނީ ހިލޭއެއް ނޫންނެވެ.މީ ރާއްޖެއިން ލާރި ހަރަދުކޮށްގެން ބޮޑު އަގު ދީގެެން ގަންނަ މުދަލެވެ.ދިވެހިންނަކީ އެއްވެސް ހާލެއްގަ ބައެއްގެ ތުމުން ވެއްޓޭ ބަތްފުއް ކައިގެން އުޅޭ ބައެއް ނޫންކަން ދަންނާށެވެ.ރޫސީ ވިލާތާއި އެމެރިކާގެ ވާދަވެރިކަމަކީ ތާރިހް އެއަށް ހެކިދޭ ކަމެއްކެވެ.ދުނިޔޭގެ ބޮޑު ބާރަށް ވުމުގެ ރޭހަށް ދާދި މިދާކަށް ދުވަހު ވަދެ މާރސްއަށް ސެޓެލައިޓް ފޮނުވި ގައުމުގެ ވާދަވެރިކަން ކޮޅުންލާ މަންޒަރު މިއަދު މުޅިދުނިޔެ ދެކޭނެއެވެ.ކޮންމެ ސިނާޔަތަކުންވެސް އެންމެ ކުރި ހޯދުމަށް ޓަކައި އެންމެ ގެ ގާތް އަހެއްގެ ގޮތުގައި އޮތް ގައުމަށް ވުރެ މޮޅު ޕުރޮޑަކްޓެއް ނެރުމަށް އަތުކުރި އޮޅުމަކީ ވާދަވެރިކަމުގެ ފެށުމެވެ.މި ވާދަވެރި ކަމުގެ އަސްލަކީ ގިނަ ދިވެހިންނަށް ރޭކާ ނުލިޔަސް ދިވެހި ރާއްޖެ އަކީ ދުނިޔޭގެ އެންމެ މަގްބޫލު މަންޒިލަކަށް ވުމެވެ.ވަކި ގައުމަކާއި ހަރިޖީ ގުޅުން ބޭއްވުމަކީ އަނެއް ގައިމަކުން ނުރުހެން ޖެހޭސަބަބެއް ނޫންނެވެ.ޖަޒުބާތުގައި ރާއްޖޭގެ ދެތިން މީހަކު ކުރި ޓުވީޓެއްގެ ސަބަބުން މުޅި ގައުމު ބޮއިކޮޓު ކުރުމަށް ގޮވަމުން ދިއުމުން ދޭހަވަނީ އެންމެ ކަމެކެވެ. އެއީ ދިވެހިންގެ ފަތުރުވެރި ކަމުގެ ދާއިރާއަށާއި ދިވެހިންނަށް މާތް ކަލާނގެ މިންވަރުކުރެއް ނިޢުމަތްތަކަށް އެބައިމީހުން ހަސަދަވެރިވާ މިންވަރެވެ.
މިވެރިން ކިތަންމެ ވަރަކަށް ގައުމިއްޔަތާއި ގުޅޭ ފިލުމު ނެރުނަސް ދުނިޔޭގައި ގައުމިޔަތެއް ލައްވާފަނީ އެމީހުންގެ އެކަންޏެއް ނޫނެވެ.އަހަރުމެން ދިވެހިންގެ ވެސް ގައުމިއްޔަތެއް އެބައޮތެވެ.އަހަރުމެންގެ ގައުމު ސަރަހައްދީ ގޮތުން ކިތަންމެ ކުޑަވިޔަސް ،އަހަރުމެންގެ ގައުމު ދުނިޔޭގެ ބޮޑު ބާރަށް ދައުވާ ނުކުރިޔެއް ކަމަކު އަހަރުމެންނަކީ އެއްވެސް ބައެއްގެ އަޅެއް ނޫނެވެ.އަރަބި ކަނޑުގައި އޮންނަ ހުރިހާ ގައުމަކީ ސައުދި އަރަބިއްޔާގެ މިލްކަކަށް ނުވާހެން އިންޑިޔާ ކަނޑުގައި އަހަރުމެން ގައުމު އޮތުމަކުން ދިވެހި ރާއްޖެއަށް އެހެން ގައުމެއްގެ ބާރެއް ނުފޯރުވޭނެ އެވެ.އަދި މިގައުމުގެ ރައްޔިތުން ބަނޑުފުރާނަ މުއްތި ކުރެވޭނީ ވަކި ބަޔަކު ދިނީމައެއް އެއްނޫނެވެ.އަދި އެއްވެސް ކާރިސާއަކުން ދިވެހިން ސަލާމަތް ކުރީކީވެސް ވަކި ގައުމަކުން ނޫނެވެ.ދިވެހިންގެ މިނިވަންކަމާއި އިސްތިގުލާލު ދެމެހެއްޓީ އަބަދުވެސް ދިވެހިންނެވެ.އިތުރު ބައެއް ނޫންނެވެ.
ފުޓް ބޯޅައިން ބަލި ކުރިޔަސް ކޮންމެ ކަމަކުން އެއްބައެްްގެ ކުރިމަތީގައި ކުޑަ ކަކުލެއް ނުޖަހާނަމެވެ.އެކަން ޖެހޭނީ ހަޖަމް ކުރަންށެވެ.ވަކި ސަރުކާރަކަށް ނުރުހުމާއި އެސަރުކާރެއްގެ ސިޔާސަތާއި ނުރުހުން އެއީ މުޅި ގައުމުގެ އިއްޒަތާއި އަބުރު ކަތިލުމަށް އޮތް ފާހެއް ނޫންނެވެ.
ހިތާމަޔަކީ މިފަދަ ގައުމުތަކަށް ވާގިވެރިވާން ސިޔާސީ އާވައިގައި ޖެހިފަވާ ބައެއް ދިވެހިންގެ ތެރޭގައި ތިބިކަމެވެ.ރާއްޖެއަށް ދިމާވި ކޮންމެ އުދުވާނެއްގެ އަޑީގައި ތިބީ ދިވެހިންކަން ދިވެހިން ދަންނަން ޖެހެއެވެ.މިފަދަ ގައްދަރުން އުފަންވުމުގެ ޖާގަ ދިވެހިން ދީގެން ނުވާނެއެވެ.ކޮންމެ ސިޔާސީ ފިކުރަކަށް ނިސްބަތް ވިޔަސް ކޮންމެ ދިއްވެއްސަކަށް މުހިންމުވާން ޖެހޭ ދިވެހި ގައުމެވެ.ދިވެހިން އިސްކުރަން ޖެހޭނީ މޯލްޑީވްސް ފަރސްޓް ޕޮލިސީއެވެ.އެއީ ކޮންމެ ސަރުކާރެއް އޮތަސް ކަންއޮންނަން ޖެހޭގޮތެވެ.ކަނޑުގެ ދަރިންގެ ސަގާފަތް އޮތީ އަހަރެމެންގެއެވެ.އެކަން ފޭރިގަންނަން ނޫޅޭށެވެ.ބައެއްގެ ބާރުވެރި ކަމުން އަނެކާގެ ރިޒުގަކު އަތެއް ނޭޅޭނެއެވެ.
What's Your Reaction?