އިންތިހާބީ ރައީސް އަކީ ޑރ.މުއީޒް،ޔާމީނެއްނޫނެ!
އިންތިހާބީ ރައީސް އަކީ ޑރ.މުއީޒް،ޔާމީނެއްނޫނެ!
2023 ގެ ރިޔާސީ އިންތިހާބު ބޮޑުތަނުން ކާމިޔާބު ކުރެއްވީ ޑރ.މުއީޒްއެވެ.އެމަނިކުފާނު ގެ ވައުދުފުޅެއް ގެ ގޮތުގައި ރައީސް ޔާމީން މިނިވަން ކުރައްވާނޭކަމައް ވިދާޅުވެފައިވެއެވެ.އެމަނިކުފާނަކީ ބުނާބަހުގައި އިތުބާރު އޮންނަބޭފުޅެއްކަން ދަނީ ސާބިތު ކުރައްވަމުންނެވެ.އެގޮތުން އިންތިހާބު ނިމި 24 ގަޑިއިރު ނުވަނިސް ރައީސް ޔާމީން ގެކޮޅައް ބަދަލު ކޮއްދެއްވުމައް ވަނީ ރައީސް ސޯލިހް އައް ދަންނަވާފައެވެ.ދެބޭފުޅުންގެ ފުރަތަމަ ބައްދަލުވުމައްފަހު ފެނިގެންދިޔައީ ރައީސް ޔާމީން ގެކޮޅައް ބަދަލު ކުރައްވަންނިންމެވި ތަނެވެ.ރައީސް ޔާމީން އިއްޔެގެ ވަގުތެއްގައި ގެއްބަދަލްކުރެއްވި ނަމަވެސް އަދި އެމަނިކުފާނު ހުންނަވާނީ ގޭބަންދެއްގައިކަމާއި އަދި ކަންކަން ހިގަމުން ދާނީ ވަކި އުސޫލުތަކެއްގެ މަތިން ކަމައް އިންތިހާބީ ރައީސް ޑރ.މުއީޒް ވިދާޅުވިއެވެ.އަދި ރައީސް ޔާމީން ގެ އަރިހުން ލަފާފުޅު ހޯއްދަވާނެކަމައްވެސް އެމަނިކުފާނުވިދާޅުވިއެވެ.
ނަމަވެސް މަންޒަރު އަދި އިވޭ އަޑުތައްވެސް ތަފާތެވެ.އިންތިހާބީ ރައީސް ހުވާ ނުކުރައްވަނީސް ދެން ހިގާނީ ތިމަން މަނިކުފާނުގެ ވެރިކަމެއްކަމުގައި ދެކިވަޑައިގަންނަވާ ރައްޔިތުން ދިން ވޯޓަކީ ތިމަން މަނިކުފާނައް ދެއްވި ވޯޓެއްކަމައް ވިދާޅުވެ ގެކޮޅުގައި އިންނަވާ މަސައްކަތްޕުޅު ވަނީ ފައްޓަވާފައިކަން ބައެއް އާއްމު މެންބަރުން ވިދާޅުވަމުން އެބަދެއެވެ.މީގެ ސަބަބުން އިންތިހާބީ ރައީސް އައް ކުރިއައް އޮތްތަނުގައި ގޮންޖެހުންތަކަކާއި ކުރިމަތި ލައްވަން ޖެހިވަޑައިގަންނަވާނެކަމައް ބައެއް މެންބަރުން ދެކިވަޑައި ގަންނަވައެވެ.އިންތިހާބީ ރައީސް ޑރ.މުއީޒް ގެ ފުށުންފެނިވަޑައިގަންނަވަނީ މަޑުމައިތިރި ބަދަލްހިފުމުގެ ރޫހު ނުގެންގުޅުއްވާ ރައްޔިތުންނައް ވެވަޑައިގެން ވައުދުތައް ފުއްދެވުމައް އެމަނިކުފާނުގެ ސަރުކާރު އެކުލަވާލުމުގެ މަންޒަރެވެ.
ނަމަވެސް އެމަނިކުފާނައް މަރުހަބާ ކިޔާ އެމަނިކުފާނައް ލިބިވަޑައިގަން ކާމިޔާބީ ފާހަގަ ކުރައްވާ އެމަނިކުފާނަކީ އިންތިހާބީ ރާއީސް ކަމައް ގަބޫލު ކޮއް އުޅުއްވާތަން މިފެންނަނީ ވަރަށް ކުޑަކޮށެވެ.ސަބަބަކީ ކޮބާތޯއެވެ. ރައީސްކަން ކުރައްވާނީ އިންތިހާބީ ރައީސް ޑރ.މުއީޒް ކަން ޒަމީރު ގަބޫލުފުޅުނުކުރައްވާ ބޭފުޅެއްގެ މަސްލަހަތު ޕާޓީން އިސްކުރައްވަނީ ބާވައެވެ.ގަބޫލުފުޅު ކުރެއްވިއަސް ނުކުރެއްވިއަސް ސަރުކާރު ހިންގަވާނީ ޑރ.މުއީޒް އެވެ.ޔާމީނެއް ނޫނެވެ.އަދި އެއްވެސް ބޭފުޅަކައް ސަރުކާރު ހިންގުމައް ގޮތްނިންމުމުގެ ފުރުސަތު ނުދެއްވާނެކަންވަނީ އިންތިހާބީ ރައީސް ޑރ.މުއީޒް ވިދާޅުވެފައެވެ.
What's Your Reaction?