މިލަންދޫ ދާއިރާގެ، ގޮނޑި އެމްޑީޕީ ކެންޑިޑޭޓް ދާއިރާގެ މިހާރުގެ މެމްބަރު އަލީ ރިޒާ (ރިޒާ) ކާމިޔާބު ކުރާނެ- ސާވޭ
އަންނަ އާދިއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ މިލަންދޫ ދާއިރާގެ، ގޮނޑި އެމްޑީޕީ ކެންޑިޑޭޓް ދާއިރާގެ މިހާރުގެ މެމްބަރު އަލީ ރިޒާ (ރިޒާ) ކާމިޔާބު ކުރާނެކަން "މާނަ" އިން ކުރިއަށް ގެންދިޔަ ފިޒިކަލް ސާވޭއިން ދައްކައިފިއެވެ.
މާނަ އިން ކުރިއަށް ގެންދިޔަ ސާވޭގައި ބައިވެރި މީހުންގެ ތެރެއިން އެމްޑީޕީ ކެންޑިޑޭޓް، އަލީ ރިޒާއަށް ވޯޓު ދޭނެ ކަމަށް 503 (%69.76) މީހަކު ބުނެފައިވާއިރު، ޕީއެންސީ ކެންޑިޑޭޓް، މުފީދަށް 210 މީހަކު ވަނީ ވޯޓު ދޭނެ ކަމަށް ބުނެފައެވެ. އެއީ ސާވޭގައި ބައިވެރިވި މީހުންގެ (%29.1)އެވެ. އެ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވާ ނަބީލް ޒަމީލަށް ވޯޓު ދޭނެ ކަމަށް ބުނެފައި ވަނީ 8 (%1.1)މީހެކެވެ.
What's Your Reaction?