ހަސަނާ: މިލަންދޫ ދާއިރާގެ ޕީޕީއެމް-ޕީއެންސީގެ ހަރުދަނާ އެއްތަނބު
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް-ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީޕީޕީއެމް-ޕީއެންސީ) އިއްތިހާދުގެ ޚާއްސަ މެންބަރެއް ކަމަށްވާ ހަސަނާ އަކީ ޝަރަފުވެރިކަމާއި ނުފޫޒެއް ނެތި މެމްބަރުކަންކުރައްވާފައިވާ މަދު ފަރާތްތަކެއްގެ ތެރެއިން އެކަކެވެ. ޕާޓީގެ ތެރޭގެ ނަމުންނަމަ "ހަސަނާ" ގެ ނަމުން މަޝްހޫރު މި ސިޔާސީ ވަރުގަދަ މީހާ ވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ޕްރައިމަރީގައި ވާދަކުރުމަށް ކެރިގެން އިއުލާންކޮށް، ގާނޫނު ހަދާ މަޖިލީހުގައި ޕީޕީއެމް-ޕީއެންސީގެ ވެރިކަން ދިފާއުކުރުމަށް ކުރާ މަސައްކަތްކަތުގައި އިސްނަގާފައެވެ.
2018 ވަނަ އަހަރުން ފެށިގެން ހަސަނާ އަކީ ޕާޓީގެ ފިކުރަށް ވަރުބަލިކަމެއް ނެތި ވަކާލާތު ކުރައްވާ، ޕީޕީއެމް-ޕީއެންސީގެ މެމްބަސިޕާއި ސަޕޯޓް ބޭސް ވަރުގަދަ ކުރުމަށް ރާއްޖޭގެ އެކި ހިސާބުތަކަށް ފުޅާދާއިރާއެއްގައި ދަތުރު ކުރައްވާ ހީވާގި ބޭފުޅެކެވެ. އެންމެ އުތުރުގެ އަތޮޅުތަކުން ފެށިގެން ދިވެހީރާއްޖޭގެ ދެކުނު އަތޮޅުތަކާ ހަމައަށް ހަސަނާގެ މަސައްކަތްބިނާކޮއްފައިވަނީ ހަމައެކަނި ޕާޓީގެ ހަރަކާތް ފެތުރުމުގައި ނޫން ކަމަށާއި ދިވެހީންގެ ކަންބޮޑުވުންތައް އަޑުއަހައި އެކަން ހައްލުކުރުމުގައި ވެސް މުހިންމު ދައުރެއް އަދާކޮށްފައިވާ ވެއެވެ.
ހަސަނާގެ ފުން ހިޔާލުތަކާއި ސިޔާސީ މައިދާނުގެ ފުރިހަމަ ވިސްނުމުގެ ސަބަބުން ޕާޓީއަށް ކޮންމެހެން ބޭނުންވާ ސަހުސަކައް ހަސަނާ ވަނީ ވެފައެވެ. ހަސަނާގެ ސްޓްރެޓެޖިކް ކުޅަދާނަކަމާއި ތާއީދު ހޯދުމުގެ ގާބިލްކަން ވަކިން ބޮޑަށް ފެނިގެން ގޮސްފައިވަނީ ޕީޕީއެމް-ޕީއެންސީއަށް އަޣުލަބިއްޔަތު ހޯދުމަށް ހަސަނާގެ މަސަތްކަތުން ބިންގާ އަޅާފައިވާ މިލަންދޫ ދާއިރާއިންނެވެ.
ރައީސް ޑރ.މުހައްމަދު މުއިއްޒު އާއި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފްގެ ލީޑަޝިޕްގެ ދަށުން ޕީޕީއެމް-ޕީއެންސީން ދަނީ ތަރައްގީއާއި އިޖުތިމާއީ ރައްކާތެރިކަމާއި އިސްލާމީ ވަހުދަތު ހިފެހެއްޓުމަށް ސަމާލުކަންދީގެން ގައުމު ހިންގަމުންނެވެ. މި އުސޫލުތަކާ ހަސަނާ އެއްގޮތްވުމާއި، ގްރާސްރޫޓްގެ ބޮޑުތާޢީދެއްއޮތުމާއި ސާބިތު ތަރައްޤީގެ ޓްރެކް ރެކޯޑުން ހަސަނާ ވަނީ ދާއިރާގައި ޕާޓީގެ ރޫޙު ދެމިއޮތުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.
މަޖިލިސް ޕްރައިމަރީ ކައިރިވަމުން އަންނައިރު ހަސަނާގެ ކެންޑިޑެސީއަކީ ހަމައެކަނި ގޮނޑިއެއް ހޯދުމަށް ކުރާ ބިޑެއް ނޫން ކަމަށާއި އެއީ ޕާޓީއަށާއި ދިވެހީންގެރާއްޖޭގެ ރައްޔިތުންނަށް ސަރުކާރުން ވައުދުވެފައިވާކަންކަން ކަށަވަރުކޮށްދެއްވާ މަސްރޫއުތައް ނިންމުމައް ހޯދާ ގޮނޑިއެކެވެ . ހުރިހާ ފަރާތަކާއި ގުޅިގެން މަސަތްކަތްކުރާ މެމްބަރެއްގެ ގޮތުގައި މަޝްހޫރުވެ، ލޯކަލް ޕޮލިޓިކްސްގެ ފުން ވިސްނުމެއް އޮތް ހަސަނާ އަކީ ޕީޕީއެމް-ޕީއެންސީގެވެސް ލޯބިލިބިފައިވާ ފަރާތެކެވެ.
ތަފާތު ފުރުސަތުތަކާއެކު މިލަންދޫ ދާއިރާއަށް ބޭނުންވަނީ މުޖުތަމައުގެ ބޭނުންތަކަށް ތެދުވެރިކަމާއި އެކު ވަކާލާތުކުރާ, ވެރިކަމުގެ ކޮމްޕްލެކްސިޓީތަކުގައި ކުރިއައް ދެވޭނެ މެމްބަރެކެވެ. ހަސަނާގެ ތަޖުރިބާއާއި ޚިދުމަތްތެރިކަމާއި ސްޓްރެޓެޖިކް އިންސައިޓް އެއްކޮށްލުމުން ހަސަނާއަކީ މި ޒިންމާ އުފުލުމަށް އެންމެ ރަނގަޅު ކެންޑިޑޭޓެވެ.
ގައުމީ އެއްބައިވަންތަކަމާއި، އިގްތިސާދީ ކުރިއެރުމާއި، އިސްލާމީ އުސޫލުތަކަށް ތަބާވުމަށް ބާރުއަޅާ ޕީޕީއެމް-ޕީއެންސީގެ ފިކުރު ދިވެހީންގެ މެދުގައި ވަރަށް ބޮޑަށް ގުގުމާލައެވެ. ދިވެހިރާއްޖެ ތަރައްޤީވެ ކުރިއަރަމުންދާ ވަރަކަށް، ހަސަނާ ފަދަ ތަޖުރިބާކާރު އަދި ޚިދުމަތްތެރި ސިޔާސީ ބޭފުޅުންގެ ދައުރު ދުވަހެއް ދުވަހަކަށް މުހިންމުވަމުންދެއެވެ. މަޖިލިސް ޕްރައިމަރީއަށް ހަސަނާ ވާދަކުރެއްވުމަކީ ހަމައެކަނި ސިޔާސީ ވިސްނުމެއްނޫން ކަމަށާއި އެއީ ލިބިފައިވާ މިފުރުސަތުގައި ގައުމާއި ރައްޔިތުންނަށް ހިދުމަތް ކުރެއްވުމަށް ކުރާ މުހިންމުޖިހާދެކެވެ.
ކުރިއަށް އޮތް މަޖިލިސް ޕްރައިމަރީގައި ވާދަކުރައްވަން ހަސަނާ ނިންމުމަކީ ޕީޕީއެމް-ޕީއެންސީއަށާއި މިލަންދޫ ދާއިރާއަށް ލިބުނު މުހިންމު ކުރިއެރުމެކެވެ. ސިޔާސީ މަސްރަހުގެ ފުން ވިސްނުމާއި، ޕާޓީގެ އުސޫލުތަކާއި އެއްގޮތްވާގޮތުގެ ވައުދުތަކާއެކު، ދިވެހީރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގެ މުސްތަގުބަލު ބައްޓަންކުރުމުގައި މުހިންމު ދައުރެއް އަދާކުރުމަށް ހަސަނާ ތައްޔާރަށް އެބަހުއްޓެވެ. ޕީޕީއެމް-ޕީއެންސީގެ މުހިންމު އެއް ތަނބު ކަމުގައި ހަސަނާ ހިމެނޭއިރު، އިސްލާމީ ޝަރީއަތާއި ދިވެހީ އާދަކާދައާ އެއްގޮތަށް، ގައުމު ތަނަވަސްކަމާއި ހަމަޖެހުމާ ދިމާއަށް ގެންދިއުމުގެ ވަރުގަދަ އަޒުމުގައި، ކުރިއަށް ދިއުމަށް ކެތްމަދުވެފައިވެ އެވެ. ހަސަނާގެ އެންމެ ބޮޑު ހުވަފެނަކީ މިލަންދޫ ދާއިރާގެ އެއަރޕޯރޓް ތަރައްގީވެ ދާއިރާގެ ރައްޔިތުންނައް ލުއިފަސޭހަ ލިބިގެން ދިއުމެވެ.
What's Your Reaction?