މާލޭގެ ރައްޔިތުންނަށް ގުޅީފަޅާއި ގިރާވަރުފަޅު ހިއްކަމުން އަންނަ ކަމަށާއި ގޯތި ދީ މި ނޮވެންބަރާހަމައަް ނިންމާނެ ކަމައް ރޭ ބޭއްވިގެންދިއަ ބަހުސްގައި ވިދާޅުވެއްޖެއެވެ.
ރިޔާސީ ކެންޑިޑޭޓުންނައް ބޭއްވިގެން ދިޔަ ބަހުސްގައި ބޯހިޔާވަހިކަމާ ގުޅުވައިގެން ކުރި ސުވާލުގެ ޖަވާބުގައި ވިދާޅުވީ، ސަރުކާރުތަކުން ބޯހިޔާވަހިކަމުގެ ސްކީމްތަކުގައި އިހުމާލުވެފައިވާ އެއް ބަޔަކީ މާލޭގެ ރައްޔިތުންކަމަށެވެ. މާލޭގެ ރައްޔިތުންނައް ބޯހިޔާވަހިކަން ކަށަވަރުކޮއްދިނުމައްޓަކައި ހިންގާ މަސައްކަތާ ދޭތެރޭގައި މިސަރުކާރައް ސުވާލު އުފައްދައި ވާހަކަ ދެއްކުމަކީ ގޯތިލިބުނު މާލޭގެ ރައޔިތުންނާ ދޭތެރޭވެވޭ ވަރަށް ބޮޑު ބޭއިންސާފެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ގިރާވަރުފަޅުންނާއި ގުޅީފަޅުން ގޯތި ދެނީ މާލޭގެ ރައްޔިތުންނަށްކަމަށާއި މާލޭގެ ރަށްވެހިންނަށް، މިހާތަނަށް އެކަމަށް ހައްލެއް ނައިސް އޮތީ ބޯހިޔާވަހިކަމަށް ކުރި މަސައްކަތް މުޅި ރާއްޖެއަށް ހުޅުވާލީމަކަމަވެސް ރައީސް ވިދާޅުވި އެވެ.
ބޯހިޔާވަހިކަމަކީ ރާއްޖެއައް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއްމަސަލަ ކަމައް ފާހަގަ ކުރަމުން ރައީސް ވިދާޅުވީ "ހުޅުމާލެ އާއި ގިރާވަރު ފަޅާއި ގުޅީފަޅުން ބިން ދޫކުރުމަކީ މައްސަލައެއް ނޫން. އެކަމާ ދެކޮޅަށް މަސައްކަތް ކުރައްވާ ބޭފުޅުންނަކީ މާލޭގެ ރައްޔިތުންނާ މެދު ވަރަށް ބޭއިންސާފުކޮށް ވާހަކަ ދައްކަވާ ބޭފުޅުން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ވެރިކަމުގައި ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދޭނަން,".