ދިވެހިރާއްޖޭގެ ލޮބުވެތި ޒުވާނުންނަށް!
ދިވެހިރާއްޖޭގެ ލޮބުވެތި ޒުވާނުންނަށް!
2024ވަނައަހަރުގެ ރައްޔިތުންގެ މަޖްލިސްގައި ދާއިރާ ތަމްސީލުކުރަން ތައުލީމީ، ހުނަރުވެރި ޒުވާނުން އިސްނެގުން މުހިންމު. މިވީހާތަނަށް މަޖްލިސްގައި ތިއްބެވި ގިނަ ބޭފުޅުންނަކީ މަޖްލީހުގައި އަދާކުރަންޖެހޭ ގާނޫނު ހެދުމާއި ސަރުކާރު ފުރިހަމަގޮތުގައި ޖަވާބުދާރީކޮށް ޒިންމާ ކުރުވުމުގެ މައްސޫލިއްޔަތު އަދާކުރުމުގައި އެކަށީގެންވާ ނަތީޖާއެއް ނެރެވިފައިނުވާ ބޭފުޅުން. އޭގެތެރޭގައި ގިނަ ބޭފުޅުންނަށް އިތުރުދައުރެއް ދިނުންވެސް ބުއްދިވެރިއެއް ނޫން.
މީ 21 ވަނަ ގަރުނަށް ހޭލުންތެރި ތައުލީމީ ހީވާގި ޒުވާނުން ދާއިރާތަމްސީލް ކުރަން ނިކުންނަންވީ ވަގުތު. ޕާޓީމަސްލަހަތު އެއްފަރާތްކޮށް ޑރ. މުއިއްޒުފަދަ އިލްމީ ގާބިލު ވެރިޔަކާއެކު މަސައްކަތް ކޮށްލެވިއްޖެނަމަ ދާއިރާއަށް ބޭނުންޖެހިފައިވާ ވަރަށްގިނަ ކަންކަން ހާސިލުވެސް ކުރެވިދާނެކަމަށް ފެނޭ. ނިމިދިޔަ ރިޔާސީ އިންތިހާބުގެ ނަތީޖާއިން ފެނުނީ ދިވެހިންނަށް ވަކި ސިޔާސީ ޕާޓީއަކުން ދައްކާ ވަކިމީހަކަށްވުރެ، ނަތީޖާ ނެރެދެވޭނެ ޤާބިލު ބޭފުޅަކު މުހިންމުކަން. އެފަދަ ފަރާތެއް ކުރިމަތިލައިވައިފިނަމަ ހޮވައިދޭނެކަން. ވީމާ، މިކަމާ އިސްނަންގަވަން, ޝައުގުވެރިކަން ހުންނަ އެންެމެހާ ޒުވާނުންނަށް ގޮވާލަމެވެ! ????
What's Your Reaction?