އެމީހެއްގެ ވިސްނުމުގައި އެންމެ ރަނގަޅު ޕާޓީއަކައް ސޮއެކޮއް ސީދާ ސިޔާސީ ހަރަކާތައް ނިކުތުން
ޕާޓީ ސިސްޓަމް ދިވެހިރާއްޖޭގައި އުފެދިގެން އައިންސުރެ ގިނަ އަދަދެއްގެ ރައްޔިތުން އެމީހެއްގެ ވިސްނުމުގައި އެންމެ ރަނގަޅު ޕާޓީއަކައް ސޮއެކޮއް ސީދާ ސިޔާސީ ހަރަކާތައް ނިކުންނަންފެށިއެވެ.މިއަދާ ހަމައަށްވެސް އެއްޕާޓީއެއްގައި ދެގޮތެއްނުވެ މަސައްކަތް ކުރި މީހުން މަދެއް ނޫނެވެ.ޕާޓީން ނިންމާ ކޮންމެ ނިންމުމަކައް ތާއީދުކޮއް ސީދާހަރަކާތައްވެސް މީހުން ނިކުތެވެ.ޕާޓީގެ ބޮޑުން ކަންހޯދާ ޓައީއަޅައިގެން ގޮނޑީގައި ނީނެއްކަމަކު ޕާޓީގެ ވަރަށް ގިނަ މަސައްކަތްތަކެއް ކުރި ބަޔަކު ހަމަޔަގީނުންވެސް ކޮންމެ ޕަަޓީއެއްގައި ވެސް ތިބޭނެކަމާމެދު މިއަދު އެއްވެސް މީހަކު ޝައްކެއް ނުކުރާނެއެވެ.
ނަމަވެސް ހަމަ ކޮންމެ ޕާޓީއަކުންވެސް ގޮތްނިންމަން ތިބޭ ބޭފުޅުން ޕާޓީތަކުން ބޮޑެތި ނިންމުންތައް ނިންމަނީ ވަކި ބަޔަކު ބޭނުންވާ ގޮތަކަށްށެވެ.ޕާޓީގައި ގިނަދުވަސްވީ އާއްމު މެންބަރުންގެ ހިޔާލެއް މަޝްވަރާއެއް ހޯދާތަނެއް ނުފެނެއެވެ.
މަގުމަތީ އެތައްދުވަހަކު އިސްލާހައް މަސައްކަތް ކުރި ޕާޓީގެ މެންބަރުން މިއަދު ކޮބާހެވެ.ގިނަ ފަރާތްތަކާއި ވާހަކަ ދައްކާލުމުން ބުނީ ހުރިހާ ބުރަމަސައްކަތެއްކޮއް ޕާޓީއައްޓަކައި ގުރުބާންވުމުން ލިބުނު ރީތިނަމެއްވެސް އެކަން ގަބޫލުކުރިބަޔަކުވެސް ނެތްކަމައްށެވެ.އެމީހުން ތިބިތާ ތިއްބާ އެއްޕާޓީން އަނެއްޕާޓީއައް ކުލަ ބަދަލުވާ ބޯވާހެން ބަދަލުވާ މީހުންނައްވެސް ޕާޓީގައި ގިނަ ފުރުސަތުތަކެއް ލިބެއެވެ.24 ގަޑިއިރު ޕާޓީއައް ސަނާ ކިޔާ ޕާޓީއައްޓަކައި ޤުރުބާންވީމައި އެންމެކުޑަމިނުން ޝުކުރުގެ އަތްތިލަބަޑިއެއްވެސް ނުލިބެއެވެ.އޭގެ ބަދަލުގައި ފެންނަނީ ޕާޓީގައި ރީތިކޮއް ފުއްޖަހައިގެން ޑިގު ޖަހަންތިބޭ މީހުން ކުރިއަރައި ދަތަނެވެ.އިންތިހާބުތައް ނިމޭއިރު އެވެރިން ތިބެނީ މުއްސަދިންނައް ވެފައެވެ.ހުރިހާ ރީތިނަމެވެސް އޮންނާނީ އެވެރިންނަށްށެވެ.ބަހާ ފުލެޓަކަސް ގޯއްޗަކަސް އަދު ވަޒީފާއަކަސް އިންނަނީ ޕާޓީގައި ތިބޭ ބޮޑެތި މީހުންނަށްށެވެ.މިކަން މިހެން އޮތުމުގެ ސަބަބުން ގިނަ އަދަދެއްގެ މެންބަރުން މިއަދު ޕާޓީއާއި ދޭތެރޭ އޮންނަ ލޮތްބެއް އިތުބާރެއް ޝައުޤުވެރިކަމެއްވެސް ނެތެވެ.ގިނަ އާއްމު މެންބަރުން ބުނާގޮތުގައި ޕާޓީއައްޓަކައި ޤުރުބާންވީމީހުން ތިބީ މަގުމަތިވެފަ ކަމަށެވެ.
ކަންމިހެންއޮތުމުން މިއަދު ގިނަ ބަޔަކު ސިޔާސީ ހަރަކާތާއި ޕާޓީއާ ދެކޮޅައް ނިކުންނަތަން ފެނެއެވެ.ގިނަ ޒުވާނުންވެސް މިއަދު މިނިވަންކޮއް ހިޔާލުފާޅުކުރާ ވަކި ޕާޓީއަކައް ތާއީދު ނުކުރާ ބޭފުޅުންގެ ފަހަތުގައި ހަރަކާތްތެރިވެ ތާއީދު ކުރާލެއް މަދެއްނޫނެވެ.މީ މިއަދު ސިޔަސީ ވެރިންނާ ޕާޓީތަކުން ވިސްނަން ލަސްވެފައި އޮތްކަމެކެވެ.
ވަފާތެރިކަމަށްވުރެ މަތިވެރި، ގަދަރުވެރި އެއްވެސް ކަމެއްނޯންނާނެއެވެ.
What's Your Reaction?