މިލަންދޫ އެއަރޕޯރޓް އެޅުން ރައީސް މުއިޒްގެ ރިޔާސީވައުދެއް- މަޖިލިސް އިންތިހާބާ ގުޅުމެއްނެތް
މިލަންދޫ އެއަރޕޯރޓް އެޅުން ރައީސް މުއިޒްގެ ރިޔާސީވައުދެއް- މަޖިލިސް އިންތިހާބާ ގުޅުމެއްނެތް
ރިޔާސީއިންތިހާބައްކެމްޕޭންކުރަމުން ގެންދެވި އިރު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް އާއި އަދި މިހާރުގެ ރައީސްގެ ޑރ މުއިޒްގެ މިލަންދޫ ވައުދުގެ ލިސްޓައް އެންމެ ފުރަތަމަވެސް މިލަންދޫ ރައްޔިތުންގެ ވޯޓް ހޯދުމައް ވީވައުދަކީ އެއަރޕޯޓްގެ ވައުދެވެ. އޭރު އަދި މަޖިލިސް ކެމްޕޭން ފެއްޓުމަށް ހިތުނިޔަތްވެސް ނުގަނެއެވެ. ކަން މިހެން އޮތް އިރު އެއަރޕޯރޓްގެ ވައުދަކީ މަޖިލިސް އިންތިހާބާ ގުޅިފައިވާކަމެއް ނޫންކަން ސާފެވެ. މިލަންދޫއައް ދާދިފަހުން ރައީސް މުއިޒު ކުރެއްވި ދަތުރެއްގައި ވިދާޅުވީ މިލަންދޫ ރައްޔިތުންނަށް އެއަރޕޯރޓް ހަޤީޤަތަކަށް ހައްދަވައިދެއްވާނެކަމަށެވެ. މިލަންދޫ އެއަރޕޯރޓާއިގުޅުވައި އެތަކެއް ތުހުމަތު ތަކެއްދަނީ ކުރަމުންނެވެ. އެގޮތުން ސަރވޭޓީމާއެއްކޮށް ކުރެވުނު މަސަތްކަތުން އެއަރޕޯރޓް އަޅަާނެ ތަނެއް ނިންމިނަމަވެސް އެކަން ކަމަށް ބަދަލުގެންނަން ސަރުކާރު ފަރާތުން ވާދަކުރާ ކެނޑިޑޭޓް މަސަތްކަތް ކުރައއވަމުން ގެންދަވާކަމަށް ވެއެވެ. އަދި ރަސްމީ ހައިސިއއޔަތެއް ނެތްބަޔަކު އެކަމުގައި ހަރަކާތްތެރިވެ ގޮތް ނިންމަމުންދާކަމަށް ވެއެވެ. ރައްޔިތުން ހޮވަންވީ ސަރުކާރަށް އެއްބާރުލުންދޭނެ ކެނޑިޑޭ ކަމަށާއި އެއީ ވަކިމީހަކު ނޫންކަމަށް ރައީސް ވިދާޅުވެއެވެ. ކުރިއައް އޮތް މަޖިލިސް އިންތިހާބުގައި ކުރީގެ ދެމެންބަރުން ވާދަކުރަމުންދާއިރު ކުރީގެ މެންބަރ ހަސަންމުފީދު ވިއްކަމުންދަނީ އެއަރ ޕޯރޓްގެ ވައުދެވެ. އަދި 1 ފެށިގެން 10 އަކަށްވެސް އޮތީ އެއަރ ޕޯރޓްގެވައުދެވެ. އަދި އެތަކެއް ރައްޔިތުން ވަޒީފާއިން ވަކިކޮށް ލިބެމުން އައި އާމްދަނީ ހުޓުވުން ވެގެން ގޮސްފައިވަނީ އެންމެ ބޮޑު އެއް ޗެލެންޖަށެވެ. އަދި ވިޔަފާރިވެރިންގެ ކެނޑިޑޭޓެއް ކަމަށްބުނެ ކިނަބަޔަކު ފާޑުކިޔަމުންވެސް ދެއެވެ. މިލަންދޫދާއިރާ މިހާރުވެސް ތަމްސީލްކުރާ ރިޒާގެ ތާއީދު ދާއިރާގައި ބޮޑެވެ. އެއީ ރައްޔިތުންނަށް އާމްދަނީ ލިބޭނެ މަގުތައް ފަހިކޮށް ރައްތަރައްޤީކުރުމުގައި ވަރަށް ބޮޑައް މަސަތްކަތް ކޮށްފައިވާތީއެވެ. އެގޮތުން ރަށަށް ބޭނުންވާ ގިނަ ޕްރޮޖެކްތަކެއް ހިންގި މައްސަލަތަކެއް ހައއލުކުރެވިފަވެއެވެ.
What's Your Reaction?