މަތިގޮނޑިން ތިރިގޮނޑިއަށް - ބަހަނާ އާއިއެކު އަބަދުވެސް އިސްތިއުފާ
ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުން އިސްތިއުފާދެއްވީ އެމަނިކުފާނުގެ ދައުރު ހަމަނުވަނިސްއެވެ.އެދުވަހު ވިދާޅުވީ ގައުމުގެ ވެރިކަން ދޫކޮއްލެއްވީ އަމިއްލަ ނަފްސް ދިފާއުގައެވެ.ވިދާޅުވީ ވެރިކަން ދޫކޮއްލެއްވީ އެމަނިކުފާނުގެ ބޮލުގައި ބަޑިޖެއްސެވުމުންކަމައްށެވެ.އެއައްފަހުވެސް އެމަނިކުފާނު ދިޔައީ އެމްޑީޕީގައި ހުންނަވާ ގިނަސިޔާސީ ހަރަކާތްތަކެއްގައި ބައިވެރިވެވަޑައިގަންނަވަމުންނެވެ.2018 ވަނަ އަހަރު ދެވަނަ ފަހަރައް އެމްޑީޕީއައް ވެރިކަން ލިބިގެންދިއައެވެ.އަދި މަޖިލީހުގެ ފުލްމެޖޯރިޓީވެސް ލިބިގެންދިޔައީ ވެރިކަންކުރާޕާޓީ އެމްޑީޕީއައްށެވެ.އަދި މަޖިލީހުގެ ރައީސްގެ މަގާމައް ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި ނައިބްރައީސްގެ މަގާމައް އެމަނިކުފާނުގެ ކޮއްކޯފުޅު އީވާ އައްޔަނުކުރެވުނެވެ.ނަމަވެސް މަޑުމަޑުން ރާގު ބަދަލުވެވަޑައިގަތީ 2023ގެ ރިޔާސީ އިންތިހާބުގެ ޕާޓީ ޕްރައިމެރީގައި އެމަނިކުފާނު ބަލިވެވަޑައިގެންހިސާބުންނެވެ.ރިޔާސީ ފޯރިޖެހި ދެންފެނުނީ އެމަނިކުފާނުގެ ފިކުރެއް އުފައްދަވާ އާވާހަކަތަކެއް ދައްކަވަންފެޓެވިތަނެވެ.މާލަސްތަކެއްނުވެ އެމަނިކުފާނު އިސްކޮއް ހުންނަވާ އާޕާޓީއެއް އުފެއްދެވިއެވެ.އަދި ސަރުކާރާ ދެކޮޅައް މަސަކަތް ކުރައްވަންފެއްޓެވިއެވެ.18 އަހަރުދުވަހު ޑިމޮކްރަސީގެ ބައްޕަކަމުގައި ދެކެމުންއައި އަދި އެމްޑީޕީއަކީ އެމަނިކުފާނުގެ ފުރާނަފުޅުކަމައް ވިދާޅުވަމުންއައި ބޭފުޅާ ވެރިކަމުގެ ދަހިވެތިކަމުގައި އަމިއްލަ މަސްލަހަތު އިސްކުރައްވާ ޕާޓީގެ ރައީސްގެ މަގާމުން އިސްތިއުފާދެއްވާ އެމްޑީޕީ ވަކިވެވަޑައިގަތެވެ.އަދި ވިދާޅުވީ ޕާޓީއިން އެމަނިކުފާނު ބާކީ ކުރެއްވީކަމައްށެވެ.އަދި ރައްޔިތުންނައްޓަކައި ޕާޓީންވެސް އިސްތިއުފާދެއްވީކަމަށެވެ.ދެންފެނިގެންދިއައީ އެމަނިކުފާނުގެ އިތުބާރުނެތްކަމުގެ މައްސަލައެއް މަޖިލީހައް ހުށައެޅުމުން އަމިއްލަ މަސްލަހަތު އިސްކޮއް މަޖިލިސް ހިސޯރުކޮއް މަޖިލިސް ކުރިއައް ގެންދިއުމައް ހުރަސް އެޅިމަންޒަރެވެ.މަޖިލިސް ކުރިއައް ގެންދެވޭނެ އުސޫލެއް ހޯދުމައް ސުޕްރީމްކޯޓުގެ ދޮރުގައި ޓަކިޖަހައި އެތައް ގޮތަކުން މެންބަރުން ދޫނުދިނުމުން މިއަދު ފެނިގެން ދިއައީ މަނިކުފާނު މަޖިލީހުގެ ރައީސްކަމުން އިސްތިއުފާދެއްވި މަންޒަރެވެ.އިސްތިއުފާދެއްވުމައްފަހު ވިދާޅުވީ މަނިކުފާނައް އަނެއްކާވެސް މަޖުބޫރު ވީކަމަށެވެ.މަޖިލީހުގެ ކަރާމާތް ގެއްލުވާނުލުމައްޓަކައެވެ.މިއޮއް ހުރިހާދުވަހު މަނިކުފާނު މަޖިލީހުގެ ރިޔާސަތުގައި އިންނަވާ ބަތްކައްކާ ކުޅެއްވި މަންޒަރު ހަމަގައިމުވެސް ރައްޔިތުންނައް ވަރަށް ގާތުފެނިއްޖެއެވެ.މަނިކުފާނުގެ އަމިއްލައެދުން އިސްކުރުމުގެ ސަބަބުން މިއަދު މަނިކުފާނައް ވެރިކަންގެއްލި،ޕާޓީގެއްލި،މަޖިލިސްގެއްލި އެންމެފަހުން ތިގެއްލުނީ ރައްޔިތުންގެ އިތުބާރާ ތާއީދެވެ.
What's Your Reaction?