ފޭސް ދޭއްގައި ކުޅިވަރުގެ ވަސީލަތްތައް ގާއިމްކޮށްދެއްވަނީ

ފޭސް ދޭއްގައި ކުޅިވަރުގެ ވަސީލަތްތައް ގާއިމްކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

Mar 19, 2024 - 20:34
 0  8
ފޭސް ދޭއްގައި ކުޅިވަރުގެ ވަސީލަތްތައް ގާއިމްކޮށްދެއްވަނީ

10،000 އަށްވުރެ ގިނަ  މީހުން ދިރިއުޅޭ ހުޅުމާލޭގައި އެންމެ ގިނަ އިންސައްތައެއް ދިރިއުޅެނީ ހިޔާ ސަރަހައްދުގައި ކަމަށްވާއިރު، ރައީސް ދެއްވާ ޔަގީންކަމަކީ އެޗްޑީސީއާ އަދި އެހެނިހެން ފަރާތްތައް މެދުވެރިކޮށް އެފަދަ ވަސީލަތްތައް ގާއިމްކޮށްދެއްވާނެ ކަމެވެ. އާންމުންނަށް ރައީސާ، ސުވާލުކުރެވޭހެން ރައީސް އޮފީހުން ކުރިއަށް ގެންދާ ''ރައީސްގެ ޖަވާބު" ގެ މިއަދުގެ ސެގްމެންޓުގައި ދެވަނަ ފިޔަވަހީގައި ދިރިއުޅެމުންދާ މީހަކު ވަނީ ކަނބަލުންނަށް ކުޅިވަރު ކުޅެވޭނެ ކަހަލަ އިންތިޒާމެއް ހަމަޖެހިފައިނުވާތީވެ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. ކުރެވުނު ސުވާލުތަކާއި ގުޅިގެން ރައީސް މުއިއްޒު ވިދާޅުވީ ހިޔާ ސަރަހައްދުގެ ގިނަ ކަންތައްތައް ހުރީ މީގެ ކުރިން ނުކޮށް ކަމަށާއި ކުޅިވަރު ކުޅޭ ކޯޓުތަކާއި ޕާކުތަކުގެ އިތުރުން ހިތްފަސޭހަ މައިދާންތައް ހެދުމަށް މި ސަރުކާރުން އޮތީ ނިންމާފައި ކަމަށެވެ.

What's Your Reaction?

like

dislike

love

funny

angry

sad

wow