މިއަހަރު ދަރަވަންދޫ އަށް ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިޔާ އަށް ހޫނު މަރުހަބާއެއް

މިއަހަރު ދަރަވަންދޫއަށް ފުރަަތަމަ ޒިޔާރަތްކުރި ފަތުރުވެރިޔާ އަށް ހޫނު މަރުހަބާއެއް ވަނީ ކިޔާފައެވެ.

Jan 2, 2025 - 11:07
 0  4
މިއަހަރު ދަރަވަންދޫ އަށް ޒިޔާރަތްކުރި ފުރަތަމަ  ފަތުރުވެރިޔާ އަށް  ހޫނު މަރުހަބާއެއް

ދަރަވަންދޫ ކައުންސިލް އިން ވަނީ 2022-2026 އަށް  ދަރަވަންދޫގެ ތަރައްގީގެ ޕްލޭންތަކެއް އެކުލަވާލާފައެވެ.އެގޮތުން މިއަހަރަށް އެންމެ އިސްކަމެއް ދީގެން ކުރިއަށް ގެންދާނީ ފަތުރުވެރިކަމަށް ދަރަވަންދޫ އިސްތިހާރުކުރުން ކަމަށްވެސް ކައުންސިލް އިން ވިދާޅުވައެވެ.

ދަރަވަންދޫއިން މިއަހަރުގެ ފުރަތަމަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔާފައިވަނީ ސަގާފީ ހަރަކާތަކުންނެވެ.އަދި ދަރަވަންދޫ ކައުންސިލް އިން ވަނީ ހާއްސަ ހަނދާނީ ފިލައެއްވެސް އަރުވާފައެވެ.އަދި މި ފަތުރުވެރިޔާ އަށްވަނީ ދަރަވަންދޫއިން ފަސްދުވަހުގެ ހުރުމާ ޑައިވިންގެ އިތުރުން އިތުރު އެކްސްކާޝަންގެ ފުރުސަތުވެސް  ދެއްވާފައެވެ.

'ދަރަވަންދޫ އަށް ޒިޔާރަތްކުރުމުގެ އަހަރު 2025' ވެސް ވަނީ އިފްތިތާހް ކޮށްފައެވެ.އަދި މި ކެމްޕޭނުގައި ރަށުގެ ހުރިހާ މުއައްސަސާތަކާއި ގެސްޓްހައުސް ތައް ގުޅިގެން މަސަކަތް ކުރެވެމުން އަންނަކަމަށް ކައުސިލްގެ ރައީސް ވިދާޅުވިއެވެ.

What's Your Reaction?

like

dislike

love

funny

angry

sad

wow