އެންމެ ގިނައިން ވޯޓު ހޯއްދެވީ އިންޑިއާއާ ދެކޮޅު ސިޔާސަތެއް ވިއްކެވި އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުޙައްމަދު މުއިއްޒެވެ.
އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގައި އެންމެ ގިނައިން ވޯޓު ހޯއްދެވީ އިންޑިއާއާ ދެކޮޅު ސިޔާސަތެއް ވިއްކެވި އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުޙައްމަދު މުއިއްޒެވެ. އޭނާ 100،959 ވޯޓު ހޯދެއްވިއިރު އެއީ ވޯޓުލީ އާބާދީގެ 46 ޕަސެންޓެވެ. ވެރިކަމުގައި ހުންނެވި ރައީސް ޞާލިޙަށް ލިބިވަޑައިގަތީ 85،809 ވޯޓެވެ. އެއީ، 39 ޕަސެންޓެވެ. އެންމެ ގިނައިން ވޯޓު ހޯދި ދެ ކެންޑިޑޭޓުންނަށް ވެސް 50 ޕަސެންޓަށް ވުރެން އިތުރަށް ވޯޓު ލިބިފައިނުވާތީ ދެން ޖެހޭނީ ދެ ވަނަ ބުރަކަށް ދާށެވެ.
އިދިކޮޅުން އިންޑިއާ ކާޑު ބޭނުންކޮށްގެން ސަރުކާރު ބަލި ކުރުމަށް މިފަދަ އެތައް ކަމެއް ކުރިއެވެ. އިންޑިއާގެ 200 ސިފައިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވާ ކަމަށް އަޑުތައް ފެތުރިއެވެ. މީގެ އިތުރުން ވެރިކަން ލިބިއްޖެނަމަ އިންޑިއާ ސިފައިން ރާއްޖޭން ބާލާނެ ކަމަށް ކެންޑިޑޭޓުން ވައުދު ވެސް ވިއެވެ. އަދި، ވޯޓަށް އެ ގައުމުން ނުފޫޒު ފޯރުވާ ކަމަށް ބުނެ ދެކޮޅު ނުޖެހޭ ވާހަކަތައް ހިމެނޭގޮތަށް އެތައް އަޑެއް ފެތުރިއެވެ. ހުރިހާ ކެންޑިޑޭޓުން ބައިވެރިވި ރިޔާސީ ބަހުސްގައި ވެސް އެހެން ކެންޑިޑޭޓުން ރައީސް ޞާލިޙާ ދެކޮޅަށް އެންމެ ގިނައިން ދެއްކެވީ އިންޑިއާގެ ވާހަކައެވެ.
What's Your Reaction?