ރޭ މާލޭގައި ބޭންވިގެންދިއަ ޖަލްސާގައި އިއުލާންކުރެވިގެންދިއައީ މާލެ ސިޓީއައް ކުރިއައްއޮތް ދައުރުގައި ރައީސް ސޯލިހްގެ ވެރިކަމެއްގައި ކޮއްދެންނިންމާފައިވާ ކަންކަމެވެ.އެގޮތުން މާލޭގައި ޒަމާނުއްސުރެ ހައްލުނުވެ އޮތް ޕާކިންގެ މައްސަލައައް ހައްލެއްހޯދާ ދެއްވާނެކަމައް ރައީސް ވަނީ ވައުވެވަޑައިގަންފައެވެ.
މާލެއާއި ފުނަދޫ ގުޅާލާ އެތަނުގައި ކޮންވެންޝަން ސެންޓަރަކާއި ބިޒްނަސް ސެންޓަރެއް ގާއިމްކުރައްވާނެ ކަމަށް ރައީސް ވަނީވިދާޅުވެފައެވެ.އަދި މާލޭގެ އެންމެ ކާރުބާރު ބޮޑުހިސާބުކަމުގައިވާ މާލޭ މަސްމާރުކޭޓާއި މުދާއުފުލާސަރަހައްދު ގުޅީފަޅުގައި ހާއްސަކުރެވިފައިވާ ހިސާބައް ބަދަލުކޮއް މާލޭގެ މިހާރުގެ މަސްމާރުކޭޓު ސަރަހައްދުގައި ކުރޫޒް ޓާމިނަލްއެއް ގާއިމް ކޮއް އާއްމުން މުނިފޫހިފިލުވާ ހިއްފަސޭހަ ކޮއްލަން ތިބެވޭ ގޮތައް ފަރުމާކުރެވިގެންދާނެކަމައް ރޭގެ ޖަލްސާގަެި ވަނީ އިއުލާން ކުރެވިފައެވެ.އަދި އިތުރައްވރސް މާލޭގެ އެކި ސަރަހައްދުތައްވެސް ހުސްކޮއް މާލޭގައި ދިރިއުޅޭ ރައްޔިތުން ހިތްހަމަޖެހިލާގެން ހިގާބިގާވެ އުޅެވޭނެ ފެންވަރައް ޒަމާނީ ބަދަލްތައް ގެންނަވާނެ ކަން ވަނީ އިއުލާން ކުރެވިފައެވެ.