ސުނާމީ ކާރިސާގައި ނިޔާވި މީހުންނާއި ގެއްލުނު މީހުންގެ ހަނދާނުގައި މިއަދު ހެނދުނު ސުކޫތެއް ގެނެސްފި އެވެ.
މިއީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ ހަރަކާތެކެވެ.
ސުނާމީ ކާރިސާގައި ނިޔާވި މީހުންނާއި ގެއްލުނު މީހުންގެ ހަނދާނުގައި މިއަދު ހެނދުނު ސުކޫތެއް ގެނެސްފި އެވެ.މިއީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ ހަރަކާތެކެވެ.މި ސުކޫތުގައި ރާއްޖެގެ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ގިނަ އަދަދެއްގެ ވަޒީރުންނާއި ސަރުކާރުގެ މުއައްސަސާތަކުގެ އިސްބެފުޅުން ބައިވެރި ވަޑައިގެންނެވިއެވެ.
ކޮންމެ އަހަރެއްގެ 26 ޑިސެންބަރަކީ ދިވެހިރައްޖޭގައި ފަހާގަ ކުރާ އެއްބައިވަންތަކަމުގެ ދުވަހެވެ. އެންމެ ފުރަތަމަ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރެވުނީ ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމްގެ ދައުރުގައި 26 ޑިސެންބަރު 2005 ގައެވެ.މި ދުވަސް ނިސްބަތް ކުރެވިގެންދިޔައީ 26 ޑިސެންބަރު 2004 ގައި ރާއްޖެއަށް ކުރިމަތިވި ގުދުރަތީ އެންމެ ބޮޑު ކާރިސާކަމަށްވާ ސުނާމީ ކާރިސާއަށެވެ. މިދުވަސް ފާހަގަ ކުރުމުގެ މަގްސަދަކީ ހިތާމަޔާއި ބިރުވެރިކަމުގައި އެދުވަހު އެންމެހައި ދިވެހިން ގުޅިގެން ދެއްކި އެއްބައިވަންތަކަމުން ފިލާވަޅު ލިބިގަނެ ގައުމީ ޖޯޝާއި އެއްބައިވަންތަކަން އިތުރުކޮށް ދެމެހެއްޓުމަށް ބާރުއަޅައި ހިތްވަރު ދިނުމުގެ ގޮތުންނެވެ.
What's Your Reaction?