ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ މުގައްރިރަކަށް މުހައްމަދުއަށް
ކޮމިޓީތަކަށް މެންބަރުން އިންތިހާބުކޮށްފައިވާއިރު ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި 11 މެންބަރުން ތިއްބަވާނެ އެވެ.ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ މުގައްރިރު ކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް ވަނީ އިންތިހާބުވެފައެވެ.
މުހައްމަދުގެ ނަން ކޮމިޓީގެ މެންބަރުންގެ އިއްތިފާގުން ފާސްވިއިރު ނައިބު މުގައްރިރަކަށް އިިންތިހާބުކުރީ ފެލިދޫ ދާއިރާގެ މެންބަރު، އާދަމް ޒާހިރު އެވެ.
1. ވިލިމާލޭ ދާއިރާގެ މެންބަރު، މުހައްމަދު އިސްމާއީލް (މުގައްރިރު)
2. ފެލިދޫ ދާއިރާގެ މެންބަރު، އާދަމް ޒާހިރު (މުގައްރިރުގެ ނައިބު)
3. ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ޝަމްހީދު
4. ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަލީ އިބްރާހީމް
5. ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީރު
6. މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުޞްތަފާ ހުސައިން
7. އިހަވަންދޫ ދާއިރާގެ މެންބަރު އަހުމަދު ނަސީރު
8. ދިއްދޫ ދާއިރާގެ މެންބަރު އަބްދުލަޠީފް މުހައްމަދު
9. މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުހައްމަދު
10. ފުވައްމުލަކު ދާއިރާގެ މެންބަރު ޢަލީ ފަޒާދު
11. ދާންދޫ ދާއިރާގެ މެންބަރު ހައްމަދު ފަޒީލް
What's Your Reaction?