ކޮންމެ ވެރިކަމެއް އަޔަސް ވަޒީފާ އާއި ގެދޮރަށް ސަލާންޖަހަންޖެހިފާ! ހައްލެއް ލިބެންޖެހޭ!
ގައުމަށް ކިތަންމެ ބޮޑުބަދަލެއް ގެނެއަސް ކޮންމެ ވެރިކަމެއް އަޔަސް ބަދަލުނުވާކަންކަން މަދެއް ނޫނެވެ.އެގޮތުން ގެދޮރަށް ސަލާންޖެހުން މީއެއްކަމެވެ.މައިންބަފައިންގެ ވާރުތަމުދަލުން ވެސް ގޯއްޗެ ނެތް އަމިއްލަ ނަމުގައި ރާއްޖޭގެ އެއްވެސް ހިސާބެއްގައި ގެދޮރު ނެތް ދިވެހި ރައްޔިތުން މިގައުމުގައި އުޅެމުންދާލެއް މަދެއް ނޫނެވެ.ދިރިއުޅުމެއްފަށައި ދަރިންލިބި މާމަ ކިޔާ އުމުރަށް ދާއިރުވެސް އަމިއްލަ ގެދޮރެއް ނޯވެއެވެ.ވާނީވެސް އެހެންތާއެ ވަކިބަޔަކަށް ބާރުދިނުމުން ރަށްރަށުން އިއުލާނު ކުރާގޯއްޗަށް ވެސް ހަދަނީ ހަދާނެއެއްޗެކެވެ.ޕޮއިންޓް އިއުލާން ކޮއްލަނީ ހިތައްއެރިގޮތަކަށެވެ.ދަރިން ލިބި އުޅޭނެ ގެދޮރެއް ނެތްއިރު ވަރިކޮށްފައި ހުރުމުގެ ސަބަބުން ޕޮއިންޓު އުނިކޮއްލަނީ ގޯތި ނުލިބޭ ވަރަށްށެވެ.ޒަވާޖީ ހަޔާތެއް ނުފަށައި ހުންނަ ދިވެހި ރައްޔިތަކީ ގޯއްޗަށް ނޫނިއްވިއްޔާ ފުލެޓަށް ކުރިމަތިލާން ޝަރުތުފުރިހަމަވާވެސް ބައެއް ނޫނެވެ.ދެމަފިރިއެއް ދަރިއަކުނެތަސް ބޯހިޔާވެހިކަމުން މަހުރޫމްވާންޖެހެއެވެ.މީއަޅެ އިންސާފެއްތޯއެވެ.ކޮންމެ ބަޔަކުވެސް ވެރިކަމަށް އަންނަން ބޭނުންވީމާ ގޯއްޗާ ފުލެޓާދޭނަމޭ ބުނެއެވެ.އަޅެ ހަމަ ނުވިސް ނެނީބާވައެވެ.ގޯއްޗާ ފުލެޓަށް ހުށައާޅާ ގިނަ މީހުންނަކީ ބޯހިޔާވަހިކަން ނެތްމީހުންނެވެ.ކޮންމެ ރައްޔިތަކުވެސް އަމިއްލަ ބޯހިޔާވަހިކަމެއް ބޭނުންވާނޭކަން ވެރިންނަށް ހަމަ ނުވިސްނެނީބާއެ ނޫނީ ރައްޔިތުން ބިކަކުރަން ބޭނުންވަނީ ބާވައެވެ.
ގެދޮރުވެރިކަމާއި އެއްވަރަށް ވަޒީފާއަށް ވެސް ޖެހެނީ ސަލާންޖަހާށެވެ.ސަރުކާރުގެ ވަޒީފާތަށް ފުރަތަމަ އިއުލާން ކުރާއިރުވެސް އޮންނަނީ ދޭންޖެހޭ މީހުންނަށް ދީފައެވެ.އުސޫލެއް ނޯވެއެވެ.ދެންޖެހެނީ ކޮންމެވެސް ޕުރައިވެޓު ކުންފުންޔަކަށް ވަޒީފާއަށް ދާށެވެ.އެކަށޭނެ އުޖޫރައެއް ނުލިބެއެވެ.އުޖޫރަ ބޮޑުކުރުމަށް އެދޭއިރަށް ވަޒީފައިން ވަކިވުމަށް މަޖުބޫރުވާ ހިސާބަށް ކަންކަން ގެންދެއެވެ.ކުންފުނިތަކާއި ފިހާރަތަކުގެ ކައުންޓަރަށް ބަލައިލި ކަމުގައި ވިއަސް ފެންނާނީ ބިދޭސީންނެވެ.ނަމަވެސް ގައުމުގައި ވަޒީފާނެތް ޒުވާނުން ގިނަކަން ހުރިހާވެރިން ވެސް ދަނެއެވެ.މިކަންކަން ނޭގެނީކީނޫނެ ހައްލު ހޯދަން ބޭނުންނުވަނީއެވެ.އިންތިހާބާ ދިމާކޮއް ވަޒީފާދޭން މަޑުކުރަނީއެވެ.ހަމަ އެންމެ ބޭނުމެކެވެ.ރައްޔިތުންލައްވާ ސަލާން ޖަހުވަން ނޫން ދެން ކޮންކަމެއްހެއްޔެވެ.
What's Your Reaction?