ބޭނުންވަނީ ސަރުކާރައް އެއްބާރުލުންދީ ރަށްތަރައްޤީކުރަން
ނިމިދިޔަ ރިޔާސީ އިންތިހާބަށްފަހު އެމްޑީޕީ އަށް މިވަނީ މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް މަޖުބޫރުވެފައެވެ.ނޫންނަމަ އިދިކޮޅު ޕާޓީގެ ގޮތުގައި އޮވެ އެތައް މަސައްކަތްތަކެއް ކުރުމަށް އުދަގޫވެގެން ދާނެއެވެ.
އެމްޑީޕީގެ މަޖިލިސް ޕްރައިމެރީ އަށް ވާދަކުރަން ހުޅުވާލައިފައި ވާއިރު ގިނަ ބޭފުޅުންވަނީ ކުރިމަތިލައްވާފައެވެ.މީގެ ތެރޭގައި ޕާޓީ ޓިކެޓްގައި ވާދަ ކުރައްވާ އެވެސް ދައުރަކަށް ހޮވިވަޑައި ނުގެންނެވި ބޭފުޅުން އެބަތިއްބެވެ.މިބޭފުޅުންނަށް ރައްޔިތުން އެތަކެއް ފަހަރު ނޫނެކޭ ވިދާޅުވުމުންވެސް ހަމަ ކުރިމަތި ލައްވަނީހެއްޔެވެ؟
ބ.ހިތާދޫ ދާއިރާ އަށް ކުރިމަތި ލައްވައިގެން ހުންނެވި ހަމަ މިފަދަ އެއްބޭފުޅަކީ އަހުމަދު ލަތީފެވެ.ޕާޓީގެ ޓިކެޓުގައި ނިކުންނަވާ ނާކާމިޔާބުވީ އެމްޑީޕީ މެޖޯރިޓީ އޮތް ކެންދޫދާއިރާއިންނެވެ.އެދުވަހު އަމިއްލަ އުފަން ރަށުންވެސް ގިނަ އަދަދެއްގެ ރައްޔިތުން ނޫނެކޭ ބުންޔެވެ.މިހާރުވެސް އެމްޑީޕީގެ ދާއިރާ ރައީސްކަން ކުރަމުންގެންދަވަނީ އަހުމަދު ލަތީފެވެ.
އަހުމަދު ލަތީފްގެ ކެންމްޕެއިނުގައި އުޅިއްވި ގިނަ ބޭފުޅުންދަނީ ޕްރައިމެރީއަށް އާޔަތު އެންޑޯސް ކުރަމުންނެވެ.ސަބަބަބެއްކަމުގައި ބުނަނީ ދައުރުގެ ބޮޑުބައި ރައްޔިތުން ގާތަށް ވަޑައިނުގަންނަވާ އަމިއްލަ ވިޔަފާރިޔާގެން އުޅުއްވި ބޭފުޅެކަމުގައެވެ. އަދި އަދައިގެ ކެފޭއެއްގެ ގޮތުގައި ހިގަމުންދިޔަ ވުޑްބެރީވެގެންދިޔައީ ވީއަޕީ ލައުޖެއްކަމުގައެވެ.ކުރެއްވިހާވެސް ކަމަކީ ރިޔާސީ އިންތިހާބަށް އަމިއްލަ ދާއިރާގެ ރަށްރަށުގެ ފުޓްސެލްޓީމްތަކަށް ސްޕޮންސާ ދެއްވުމެވެ. ނަމަވެސް މެޖޯރިޓީ ނުނެންގެވުނެވެ.ރިޔާސީ އިންތިހާބަށް ޕާޓީ ހަރަދުކުރަން ދިން ތިންމިލިޔަން ރުފިޔާ ވެސް ވީތަނެއް ނޭގުނެވެ.އަދި ބައެއް ބޭފުޅުން ބުނިގޮތުގައި ކެންޕޭނުތެރޭ މާބޮޑު ހަރަކާތްތަކެއް ކުރިއަށް ނުގެންދަވާ ކަމަށާއި ރީރަޖިސްޓްރޭޝަންވެސް އޮތީ ހާލިހަދާފާކަމަށެވެ.އަދި އެމްޑީޕީއަށް ހަގީގަތުގައި މަސައްކަތް ކުރައްވާ ބޭފުޅުން އެކަހެރިކޮއް އާއިލީ ކެންޕޭނެއް ކުރަމުން ދިޔަކަމުގައެވެ.ވޯޓުލާން މީހުންނެރެ މީހުންގެ ދަތުރު ފަތުރު ހަމަޖެއްސުމުގައިވެސް ވަނީ ފެއިލްވެފައެވެ.ބޮޑު ޖަލްސާއަށް އައި ރަށު ކުދިންނަށް އެކުދިންގެ ހުރުމާ ކެއުމަށް ވެސް ދެއްވީ 150 ރުފިޔާކަމަށް މީގެ ތެރެއިން ބައެކުދިންކިޔާދެއްވިއެވެ.އަދި ކޮބާތޯއެ ޕާޓީގެ ކެންޕޭނު އޮފީސްތަކުން އިދާރީމަސަކަތް ކުރައްވަން ތިބޭ ކުދިންނަށް ދޭ ޕޮކެޓްމަނީ ވެސް އަހުމަދު ލަތީފް ކެންޕޭނު އޮފީހަކުން ނުދެއްވައެވެ.ރަށުގައި ކަންމޮށިގެންވާ ބޭފުޅުން ތިއްބެވީ އެކަހެރިކޮއްލާފައެވެ.ހަފްތާއަކު 200ރުފިޔާގެ ހެދިކާގެ ސައެއްބާއްވާލައެވެ.ނަމަވެސް ގިނަ ބޭފުޅުން ވުޑުބެރީއަށް ދިއުމަށް ދެކޮޅުހަދައެވެ.މީވާ ތަނެއްތާއެވެ.ގިނަ ބައެއްގެ ވާހަކައިން އިނގޭހާވެސް އެއްޗަކީ މީނާއަކީ އަމިއްލަ އެތައް އެންޖެންޑާ އެއް ހިންގަވައި ބޭފުޅެއްކަމަށާއި ދާއިރާ އަށް ކަމެއްކޮއްދޭން މަސައްކަތް ކޮއްފައި ނުވާބެފުޅެއްކަމަށެވެ.ކައުންސިލްތަކުން ކުރެވުނު ކަމެއް ކުރީއެވެ.ގިނަ އަހަރުތަކެއް ވަންދެން ދާއިރާ ރައީސް ކަން ކުރި މީހަކަށް ޕްރައިމެރީ އުދަގޫވާންޖެހޭ ސަބަބެއް ނޭގުނެވެ.
މަވަރުގެ ބޭފުޅަކު މަޖިލީހައް ހޮވަންވެދާނެ ހެއްޔެވެ.
What's Your Reaction?