ހިތާދޫދާއިރާގެ ރައްޔިތުންތިބީ ހިތާދޫދާއިރާއިރާގެ ދަރިޔަކު ހޮވަން، ދާއިރާގެ ކުލުނު ހުރިމީހަކު ހޮވަން، ހިތާދޫ ދާއިރާގެ ސަޕޯރޓް މިފަހަރު އޮތީ އާޔަތުﷲ އަށް،
ހިތާދޫދާއިރާގެ ރައްޔިތުންތިބީ ހިތާދޫދާއިރާއިރާގެ ދަރިޔަކު ހޮވަން، ދާއިރާގެ ކުލުނު ހުރިމީހަކު ހޮވަން، ހިތާދޫ ދާއިރާގެ ސަޕޯރޓް މިފަހަރު އޮތީ އާޔަތުﷲ އަށް،
ހިތާދޫ ދާއިރާއަކީ މިފަހަރު މުޅިން އަލަށް މަޖިލީހައް އިތުރުވާ ދާއިރާއެކެވެ. ހިތާދޫ ، ދަރަވަންދޫ، މާޅޮސް ހިމެނޭ ގޮތަށް ދާއިރާ އެކުލެވޭއިރު ރައްޔިތުންގެ މަޖިލީހުގެ ޕްރައިމަރީތެރޭ އެންމެ ފޯރިގަދަ އެއްދާއިރާއަކީވެސް ހިތާދޫ ދާއިރާމެއެވެ. ދާއިރާގެ ރަށްޔިތުން އަބަދުވެސް ގަބޫލުކުރަނީ ދާއިރާއަށް އަންނަންޖެހޭ އެކަށީގެންވާ އެއްވެސް ތަރައްޤީ އަދި އައިސްފައިވާ ނުވާކަމަށެވެ. ގިނަ ކެންޑިޑޭޓުންތަކެއް ވާދަކުރަށްވާ މިދާއިރާގައި މިފަހަރުވެސް ދާއިރާއަށް ނިސްބަތް ނުވާ އެތަކެއް ކެންޑިޑޭޓުންނެތް ކުރިމަތިލައިފައިވެއެވެ. އޭގެ ތެރޭގައި ޑރ އިކްލީލް މެންފަދަ ބޭޅުން ހިމެނެއެވެ. ދާއިރާގެ ތިންރަށުންވެސް ބޭނުންވަނީ ދާއިރާގެ ދަރިއަކު މިފަހަރު ދާއިރާގެ ބަސް އިއްވާށެވެ. ގިނަ ރައްޔިތުން ގަބޫލުކުރާގޮތުގައި މިފަހަރުގެ މަޖިލިސް ގޮނޑި އެންމް ހައްޤުކަންބޮޑީ އެމްޑީޕީ ކެންޑިޑޭޓް އާޔަތުﷲ އަށެވެ. އާޔަތުއަކީ ދާއިރާއަށް އުފަން ދާއިރާގެ ކުލުނުހުރި ދާއިރާގެ ދަރިއެކެވެ. ދާއިރާގެ ހިދުމަތްތެރިއެކެވެ. އާޔަތުގެ ހިތުގައި ދާއިރާއަށް ދާއިރާގެ ރައްޔިތުންނަށް އޮތްލޯބި އެހެން މީހަކު ވަކި އޮންނާނެކަމަށް ދާއިރާގެ ރައްޔިތުން ގަބޫލެއްނުކުރެއެވެ. އާޔަތުއަކީ ތައުލީމީ ދަރިއެކެވެ. މަތީތައުލީމް ހާސިލްކުރެއްވީ ރާއްޖޭންބޭރުންނެވެ. އަދި މަސަތްކަތްތެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ދަރިއެކެވެ. އާޔަތުގެ ސަބަބުން އެތަކެއް ދިވެހިދަރިންނަށް ފަހި ފުރުސަތުތަށް ފަހިވެވެފައިވެއެވެ. ވަޒީފާގެ އެތަކެއް ފުސަތުތަކެއް ލިބިފައިވެއެވެ. ޤައުމަށް އެތަކެއް ޙިދުމަތްތަކެއް ދަނީކުރެވެމުންނެވެ. ކަމަށް ޤާބިލް އެކަށޭނެ ތަޖުރިބާހުރި މީހުންގެ ކުލުނާއި ލޯބި އަދި ރަނގަޅު އަހުލާގިއްޔަތެއްގެ ދަރިއެކެވެ. ދާއިރާގެ ރައްޔިތުންގެ އިތުރުން މުޅި ދިވެހި ރާއްޖެވެސް ގަބޫލުކުރާ ދަރިއެކެވެ. އަބަދުވެސް ދާއިރާއަށް ޙިދުމަތް ކުރުމުގައ ދާއިރާ އަށް ހެޔޮގޮތް ހޯއްދަވާ ދެއްވުމަށް ކެނޑިނޭޅި މަސަތްކަތްކުރައްވައެވެ. ހިތާދޫ ދާއިރާއަކީ އެމްޑީޕީ އަށް ހާއްސަ ދާއިރާއެކެވެ. އެމްޑީޕީގެ ޓިކެޓް އާޔަތު ހޯއްދެވީ ވަރަށްވެސް ފުރިހަމަ ތާއިދަކާއެކުގައެވެ. އެހެންކަމުން މިހަފަރު އާޔަތުﷲ ގެ ފަހަރުކަމާއިމެދު ރައްޔިތުން ކުޑަކޮށްވެސް ސައްކެއްނުކުރެއެވެ. ފެންނަ މަންޒަރުތަކުންނާއި ގިނަ ރައްޔިތުންގެ ބަސްތަކުން އެނގިގެންދަނީ ރައްޔިތުންނަށް ޙިދުމަތްކުމުގެ އަޒުމުގައި ތަރައްޤީގެ ޕްލޭންތަކަކާއިއެކު ރައްޔިތުންގެ ގާތަށް ވޯޓްހޯދަން އަންނަ ކެނޑިޑޭޓަކީ އާޔަތުކަމެވެ. ރައްޔިތންނަށް ޖެހިލުންނުވެ ވޯޓްދޭން ކެރޭނެ ފަރާތަކީ އާޔަތުއެވެ. ރައްޔިތުން ގަބޫލުކުރާގޮތުގައި ޕްރައިމަރީން ފެއިލްވެ އަދި ރައްޔިތުން ގަބޫލުނުކުރީމަވެސް ކުރިމަތިލައިގެން ބައެއްމީހުން އުޅެއެވެ. އެފަދަ މީހުން ދެންވެސް ރައްޔިތުން ބަލައިނުގަންނާނެއެވެ. އަދި ހާއްސަކޮށް ދާއިރައިންބޭރު މީހަކަށް ގޮނޑިދީފައި ތާއަބަދު ދާއިރާއަށް އަރާނުލައި ހުންނާނެ މަހުޖަނަކު ހޮވަން ރައްޔިތުން ނޭއެދެއެވެ. ރައްޔިތުންބޭނުންވަނީ ރައްޔިތުންނާއި ގުޅޭ ރައްޔިތުންނާއި ވާހަކަ ދެކެވޭ ރައްޔިތުންގެ ބަސް އިއްވޭ ރައްޔިތުންގެ ، ރައްޔިތުމީހާގެ ދާއިރާގެ ދަރިއެކެވެ. އާޔަތުﷲ ފަދަ ތެދުވެރި އިޙްލާސްތރި އޯގަވެރިއެކެވެ.
What's Your Reaction?